ޗައިނާ ފަތުރުވެރިއަކު އޮޔާދަނިކޮށް ސަލާމަތް ކޮށްފި

ޗައިނާ ފަތުރުވެރިއަކު އޮޔާދަނިކޮށް ޑައިވިން ދޯންޏަކަށް ނަގައި އޭނާ ސަލާމާތް ކޮށްފިއެވެ. ދޯންޏަށް ނަގަން އުޅުމުން އޭނާ ވަނީ އެކަމާ ދެކޮޅު ހަދައިފައި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

އެހެންންމަވެސް އޭނާ އެގޮތަށް ދޫކޮށްލާފައި ނުދާނެކަމަށް ޑައިވިން ދޯނިން ބުނުމުން އޭނާ ވަނީ ދޯންޏަށް އަރައިފައެވެ. އެރިއިރު ހުރީ ވަރަށްބަލިވެ ނޭވާ ކުރުވެފައި ކަމަށް ފުލުހުން ވަނީ މަޢުލޫމާތު ދެއްވައިފައެވެ. އޭނާ މޫދުގައި އޮތީ ލައިފްޖެކެޓް އަޅައިގެންނެވެ.

އެމީހާ އޮޔާދިޔައީ ކ. ގުރައިދުއާ އެއްފަޅެއްގައި އޮންނަ ފަޅުރަށެއް ކަމަށްވާ ލޮސްފުށީގެ ފުއްޓަރާވީ ދިމާއަށް އެކަނިމާއެކަނި މޫދަށް އެރިއުޅެނިކޮށްނެވެ. ޢުމުރުން 28 އަހަރުގެ އެމީހާ އޮޔާ ދަނިކޮށް ފެނިގެން ނަގައިފައިވަނީ ކަނޑޫމާ ރިސޯޓުގެ ޑައިވިން ދޯންޏަކަށެވެ. އެ ދޯންޏަށް އެނާ ނެގުމަފަހު ގެންގޮސްފައިވަނީ ކަނޑޫމާ ރިސޯޓަށެވެ.

ފުލުހުންނަށް މި މަޢުލޫމާތު ލިބުމުން ވަނީ ކަނޑޫމާ ރިސޯޓަށް ގޮސް އެ ފަތުރުވެރިޔާއާ ބައްދަލުކުރައްވައިފައެވެ. އަދި ގުރައިދޫގައި އޭނާ ހުންނަ ގެސްޓު ހައުސްއަށް އޭނާއާ އެކު ގޮސް އެތަނުގެ މެނޭޖުމެންޓާއި ފަތުރުވެރިއާއާ ވާހަކަ ދައްކައިފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިޙާދިސާގައި އޭނާއަށް އެއްވެސް އަނިޔާ އެއް ލިބިފައެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.