މިލަދޫ ސްކޫލުންނާއި ގެއަކުން ވަގަށް ނަގާފައިވާ ބައެއް ފައިސާ ހޯދައިފި

ނ.މިލަދޫ ހިދާޔާ ސްކޫލް: ފޮޓޯ ސޯޝަލް މީޑިއާ

ނ. މިލަދޫ ސްކޫލް ތިޖޫރިން ވަގަށް ނަގައިފައިވާ އެއްލައްކައަށް ވުރެ ގިނަ ފައިސާގެ ތެރެއިން ބައެއް ފުލުހުން ހޯދައިފިއެވެ. އެފައިސާ ފުލުހުން ހޯދައިދައިފައިވަނީ އެރަށު ގެއަކުން ވަގަށް ނަގައިފައިވާ ނަވާރަ ހާސް ރުފިޔާގެ މައްސަލަ ތަޙުޤީޤު ކުރަމުންދަނިކޮށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އެރަށުގެ ގެއެއް ބަލައި ފާސްކުރިއިރު އެގެއިންނެވެ.

ފުލުހުން ވިދާޅުވީ އެގެ ބަލައި ފާސްކުރިއިރު ކޮޓަރިއެއްގެ ތެރޭގައި ފޮރުވާފައިއޮތް ދަބަހެއްގެ ތެރެއިން  94،705 ރުފިޔާ  ފެނިފައިވާ ކަމަށެވެ. އެހެން ކޮޓަރިއެއްގައި ފޮރުވާފައި އޮތް ވޮލެޓަކުން 1315 ރުފިޔާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. "މިގެއިން ފެނުނު ފައިސާގެ ތެރޭގައި ނ. މިލަންދޫ ސްކޫލް ތިޖޫރިން ވަގަށް ނަގައިފައިވާ ކަމަށް ބެލެވޭ ފައިސާ ވެސް ހިމެނޭ،" ފުލުހުން ވިދާޅުވިއެވެ. އެ ފައިސާ ވަގަށްނަގައިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ އެޕްރީލް 21 ވަނަ ދުވަހު އެވެ.

މި ދެ މައްސަލައިގެ ތުހުމަތުގައި 19 އަހަރުގެ ފިރިހެނަކު ވަނީ ބަންދުކޮށްފައެވެ. މި ދެ މައްސަލަ ވެސް ދަނީ ތަޙުގީގު ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.