ޢަބްދުއްރަޙީމާއި ނިހާނަށް ރައްޔިތުން ނޫނެކޭ ބުނެފި

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަޙުމަދު ނިހާން ޙުސައިން މަނިކާއި ޕީއެންސީގެ މިހާރުގެ ވަގުތީ ރައީސް އަދި ޕީޕީއެމްގެ ކުރީގެ ނާއިބު ލީޑަރު ޢަބްދުއްރަޙީމް ޢަބްދުﷲ އަކީ ނިމިގެން މިދާ މަޖިލީގެ ސީނިއަރ މެމްބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނެވެ.

އެބޭފުޅުންނަކީ ޖަލްސާތަކާއި މަޖިލީސް ތެރޭގައި ވެސް ވަރަށް ވަރުގަދައަށް ވަކާލު ކުރައްވާ ބޭފުޅުންނެވެ. އެހެންނަމަވެސް އެ ދެބޭފުޅުންގެ ދާއިރާގ ރައްޔިތުން މިފަހަރު ބުނީ ކަނޑައެޅިގެން "ނޫން" އެވެ.

މި ފަހަރުގެ އިންތިހާބުގެ ނަތީޖާ އިން ދައްކަނީ މިހާރު އޮތް ރައްޔިތުންގެ މަޖިލިހުގައި އޭރުގެ ސަރުކާރުގެ އިސް މެމްބަރުންގެ ގޮތުގައި ފާހަގަކުރެވުނު ގިނަ މެމްބަރުންތަކެއް ބަލިވި ތަން. އޭގެ ތެރޭގައި ފޮނަދޫ ދާއިރާގެ ޢަބްދުއްރަހީމް ޢަބްދުﷲ (އަދުރޭ) ދާއިރާއަށެވެ. ނިހާން ވާދަކުރެއްވީ އޭނާގެ އުފަން ރަށް ތިނަދޫ ދާއިރާއަކަށެވެ.

ވިލިމާލޭގެ ދާއިރާގެ ގޮނޑި މިފަހަރު ކާމިޔާބު ކުރެއްވީ އަމިއްލަ ގޮތުން ވާދަ ކުރެއްވި އަޙުމަދު އުޝާމެވެ. އޭނާ އާ މިފަހަރު ވާދަކުރެއްވީ ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދެވެ.

މި އިންތިޚާބުގައި ވަނީ ކުރީގެ ވަރަށް ގިނަ މެމްބަރުންނަށް ދެވަނަ ފުރުސަތެއް ނުލިބި ކަޓައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.