ފިލްމްފެއަރ އެވޯޑްސް 2019: އެންމެ މޮޅު ފިލްމަކަށް 'ރާޒީ'

2018ވަނަ އަހަރު ހިިންދީ ސިނަމާގައި ފާހަގަ ކުރެވުނު މޮޅު ފިލްމުތައް ހޮވައި އިނާމް ދިނުމަށް މުމްބާއީގައި ހޮނިހިރު ދުވަހުގެ ރޭ ހަފްލާ އެއް ބާއްވައިފިއެވެ. މި ހަފްލާގައި އެންމެ ގިނަ އިނާމް ލިބިފައިވަނީ އާލިއާ ބަޓް ގެ 'ރާޒީ' އަށެވެ. އެ ފިލްމު ވަނީ ފަސް އިނާމެއް ހާސިލު ކޮށްފައެވެ.

ފިލްމްފެއަރ އެވޯޑްސް އަކީ ބޮލީވުޑްައި ބާއްވާ އެންމެ ކުލަގަދަ އަދދި އެންމެ ބޮޑު އިނާމް ހަފްލާ އެވެ. ހޮނިހިރު ދުވަހުގެ ރޭ ބާއްވާފައިވަނީ  64ވަނަ ފިލްމުފެއަރ އެވޯޑް ހަފްލާއެވެ. ގިނަ އަދަދެއްގެ ބޮލީވުޑް ތަރީން ބައިވެރިވި ހަފްލާ ހުށަހަޅައިދިނީ މަޝްހޫރު އެކްޓަރުން ކަމުގައިވާ ޝާހް ރުކް ޚާން އާއި ރަންވީރް ސިންހް އަދި ރާޖްކުމާރް ރާއޯ އެވެ.

ރޭގެ ހަފްލާގައި އެންމެ މޮޅު އަންހެން ތަރިއަކަށް ހޮވިފައިވަނީ އާލިއާ ބަޓް އެވެ. އޭނާ އަށް މި އިނާމް ލިބިފައިވަނީ 'ރާޒީ'ގައި ކުޅެފައިވާ ޖާސޫސެއްގެ ރޯލަށެވެ. އެންމެ މޮޅު ޑައިރެކްޓަރަކަށް ހޮވިފައިވަނީ ވެސް 'ރާޒީ' ގެ ޑައިރެކްޓަރ މެގްނާ ގުލްޒާރެވެ. އަދި އެންމެ މޮޅު ފިލްމަކަށް ހޮވިފައިަނީ ވެސް ރާޒީ އެވެ.

އާލިއާ އަށް އެންމެ މޮޅު އަންހެން ތަރީގެ އިނާމު ލިބުނުއިރު އެންމެ މޮޅު ފިރިހެން ތަރިއަކަށް ހޮވިފައިވަނީ އޭނާގެ ލޯބިވެރިޔާ ރަންބީރް ކަޕޫރްއެވެ. ރަންބީރް އަށް މި އިނާމު ލިބުނީ 'ސަންޖޫ' ގައި ކުޅެފައިވާ ރޯލަށެވެ. ކްރިޓިކުންގެ އެންމެ މޮޅު ފިރިހެން ތަރިއަކަށް ހޮވިފައިވަނީ 'ޕަދްމާވަތު' އިން ރަންވީރް ސިންހް އެވެ. މި ބައިން އެންމެ މޮޅު އަންހެން ތަރިއަކަށް ހޮވުނީ 'ބަދާއި ހޯ' އިން ނީނާ ގުޕްތާ އެވެ. އޭނާ މި ފިލްމުގައި ކުޅެފައިވަނީ މެދު އުމުރުގެ މާބަނޑު އަންހެނެއްގެ ރޯލެވެ.

 

ފިލްމު 'ޕަދްމާވަތު' 17 އިނާމަކަށް ވާދަކުރި ނަމަވެސް އެ ފިލްމަށް ލިބިފައިވަނީ 4 އިނާމެވެ. މިއަހަރުގެ ފިލްމުފެއަރގައި އެނެމް ގިނަ އިނާމް ލިބުނީ ރާޒީ އަށެވެ.

ގިނަ ހުށަހެޅުންތަކަކާއެކު ކުރިއަށްދިޔަ ހަފްލާގައި 2018ވަނަ އަހަރު ބޮލީވުޑަށް އަލަށް ތައާރަފްވީ އެންމެ މޮޅު ފިރިހެން ފަންނާނުގެ އިނާމު ލިބުނީ އިޝާން ޓައްކަރް އަށެވެ. އަދި އަންހެން ފަންނާނުގެ އިނާމް ލިބުނީ ސާރާ އަލީ ޚާން އަށެވެ. އެންމެ މޮޅު ޑެބިއު ޑައިރެކްޓަރަކަށް ހޮވިފައިވަނީ ފިލްމު 'ސްޓްރީ' ގެ ޑަައިރެކްޓަރ އަމާން ކޯޝިކް އެވެ.  

 

 

ފިލްމުފެއަރ 2017އިގެ އިނާމު ލިސްޓު:

އެންމެ މޮޅު ފިލްމު: ރާޒީ

އެންމެ މޮޅު ފިލްމު، ކްރިޓިކުންގެ އިނާމް: އަންދާދުން

އެންމެ މޮޅު އަންހެން އެކްޓަރ، ލީޑިން ރޯލް: އާލިއާ ބަޓް، ރާޒީ

ލީޑިން ރޯލުން އެންމެ މޮޅު ފިރިހެން އެކްޓަރ: ރަންބީރް ކަޕޫރް، ސަންޖޫ

އެންމެ މޮޅު އަންހެން ތަރި، ކްރިޓިކުންގެ އިނާމް: ނީނާ ގުޕްތާ، ބަދާއިހޯ

އެންމެ މޮޅު ފިރިހެން ތަރި، ކްްރިޓިކުންގެ އިނާމް: ރަންވީރް ސިންހް، ޕަދްމާވަތު

އެންމެ މޮޅު އަންހެން ޑެބިއު ތަރި: ސާރާ އަލީ ޚާން،ކެދަރްނާތު

އެންމެ މޮޅު ފިރިހެން ޑެބިއު ތަރި: އިޝާން ޓައްކަރް، ބިޔޯންޑް ދަ ކްލައުޑްސް

އެންމެ މޮޅު ޑައިރެކްޓަރު: މެގްނާ ގުލްޒާރް، ރާޒީ

އެންމެ މޮޅު ޑެބިއު ޑައިރެކްޓަރު: އަމަރް ކޯޝިކް، ސްޓްރީ

އެންމެ މޮޅު އަންހެން ސަޕޯޓިން އެކްޓަރު: ސުރޭކާ ސިކްރީ، ބަދާއި ހޯ

އެންމެ މޮޅު ފިރިހެން ސަޕޯޓިން އެކްޓަރު: ގަޖްރާޖް ރާއޯ، ބަދާއި ހޯ، އަދި ވިކީ ކޮޝާލް، ސަންޖޫ

އެންމެ މޮޅުު ޑައިލޮގް: އަކްޝަތު ޣިލްދިއާލް، ބަދާއި ހޯ

އެންމެ މޮޅު ވާހަކަ، އަނޫބާވް ސިންހާ، މުލްކު

އެންމެ މޮޅު ފިރިހެން އެކްޓަރު، ކުުރު ފިލްމުގެ ބައިން: ހުސައިން ދަލާލް، ޝޭމްލެސް

އެންމެ މޮޅު އަންހެން އެކްޓަރު، ކުރު ފިލްމުގެ ބައިން: ކިރްތީ ޚުލާރީ، މާޔާ

ކުރު ފިލްމު، ޕީޕަލްސް ޗޮއިސް އިނާމް: ޕްލަސް މައިނަސް

އެންމެ މޮޅު ކުރު ފިލްމު (ފިކްޝަން): ރޯގަން ޖޯޝް

އެންމެ މޮޅު ކުރު ފިލްމު (ނޮން-ފިކްޝަން): ދަ ސޮކަރ ސިޓީ

އެންމެ މޮޅު މިއުޒިކް އަލްބަމް: ޕަދްމާވަތު

އެންމެ މޮޅު ޕްލޭބެކް ސިންގަރ: އަރިޖީތު ސިންހް، އޭ ވަޠަން، ރާޒީ

އެންމެ މޮޅު އަންހެން ޕްލޭބެކް ސިންގަރ: ޝްރެޔާ ގޯޝާލް، ގޫމަރް، ޕަދްމާވާތު

އެންމެ މޮޅު ލިރިކްސް: އަންދާދޫން

އެންމެ މޮޅު ބެކްގްރައުންޑް ސްކޯރ: ޑެނިއަލް ޖޯޖް: އަންދާދުން

އެންމެ މޮޅު ސައުންޑް ޑިޒައިން: ކުނާލް ޝަރްމާ، ތުމްބާދް

އެންމެ މޮޅު ކޮރިއޮގްރަފީ: ކްރުތީ މަހޭޝް މިދްޔާ: ޖަޔޮތީ ތޯމާރް، ގޫމަރް، ޕަދްމާވަތު

އެންމެ މޮޅު ސިނެމެޓޮގްރަފީ ޕަންކަޖް ކުމާރް، ތުމްބާދް

އެންމެ މޮޅު އެޑިޓިން: ޕޫޖާ ލަދާ ސުރްތީ، އަންދާދުން

އެންމެ މޮޅު ކޮސްޓިއުމް: ޝީތަލް ޝަރްމާ: މެންޓޯ

އެންމެ މޮޅު ޕްރޮޑަކްޝަން ޑިޒައިން: ނިތިން ޒިހާނީ ޗޯދްރީ އާއި ރާޖޭޝް ޔާދާވް، ތުމްބާދް

އެންމެ މޮޅު ވީއެފްއެކސް: ރެޑް ޗިލީސް އެފއެކްސް، ޒީރޯ

 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.