އައްޑޫގައި މަހުގެ ވިޔަފާރިކުރާ މީހުންގެ ދަފްތަރެއް އެކުލަވާލަނީ

އައްޑޫސިޓީގައި މަސް ގަނެ ވިއްކާ އަދި މަސްކެއްކުމުގެ މަސައްކަތް ކުރާ މީހުންގެ ދަފްތަރެއް އެކުލަވާ ލުމުގެ މަސައްކަތް އައްޑޫ ސިޓީކައުންސިލުން ފަށައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ މި ދަފްތަރު އެކުލަވާލުމަށްޓަކައި އެފަދަ މަސައްކަތް އައްޑޫ ސިޓީގައި ކުރާ މީހުން މި ހިނގާ މާރިޗުމަހުގެ 28 ވަނަ ދުވަހުގެ 2:00 ގެ ކުރިން އެ މަސައްކަތްކުރާ ބަޔަކު ނިސްބަތްވާ އަވަށެއްގެ އަވަށު އޮފީހުގައި ނަން ނޯޓް ކުރުމަށް ސިޓީކައުންސިލުން ވަނީ އެދިފައެވެ.

އައްޑޫގައި މަހުގެ ވިޔަފާރިކުރާ މީހުންގެ ދަފްތަރެއް އެކުލަވާލައްވަނީ ސަރުކާރުގެ ސިޔާސަތުގެ ދަށުން އެފަދަ މަސައްކަތްކުރާ މީހުންގެ ކުރިއެރުމަށް މަސައްކަތް ކުރުމަށް ފަސޭހައަކަށް ކަމަށް އައްޑޫ ސިޓީގެ ޑެޕިޔުޓީ މޭޔަރު މުޙައްމަދު ޔަސްރިފް ވިދާޅިވިއެވެ. "އެ މީހުންނަށް ކައުންސިލުން ކަމެއް ކޮށްދެވޭނީ ވެސް އަދި ސަރުކާރުގެ ސިޔާސަތުގެ ދަށުން އިނާޔަތެއް ދޭން ޖެހުނަސް އެކަން ކުރެވޭނީ ވެސް އެމީހުން އެނގިގެން. އެމީހުން ވިއްކާ މަހަކީ ޕަބްލިކް ހެލްތުގެ މިންގަނޑުތަކަށް ފެތޭ އެއްޗެއްތޯ ބެލުމާއި އެމީހުންނާ ގުޅިގެން އިތުރުކަމެއް ކޮށްދޭންޖެހުނަށް ކޮށްދެވޭނީ އެއީ ކޮންބައެއްކަން އެނގިގެން،" ޔަސްރިފް ވިދާޅުވިއެވެ.

އައްޑޫސިޓީގައި މަސްގަނެ ކައްކައި އޭގޭ ވިޔަފާރިކުރާ މީހުން މިހާރުވެސް އެބައުޅެއެވެ. އެމީހުންނަށް ފަހިގޮތްތަކެއް ހޯދައިދިނުމަށް ކައުންސިލުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.