ފައިނަލް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާދަން ހުޅުވާލަނީ

އެޕްރީލް 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލާ މީހުންގެ ލިސްޓް އިލެކްޝަންސް ކޮމިޝަނުން މިހާރުވަނީ ފައިނަލް ކޮށްފައެވެ. އެ ލިސްޓަށް "އިދާރީ އެއްވެސް ޝަކުވާއެއް އޮތްނަމަ" ޝަކުވާ ހުށަހެޅުމަށް މާރިޗު 20 އިން 21 އަށް ވަނީ ފުރުސަތު ހުޅުވައިފައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. ޝްކުވާ ހުށަހެޅުމުގެ އެންމެ ފަހު ގަޑިއަކީ މާރިޗު 21 ވަނަ ދުވަހުގެ ހަވީރު 3:00  ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި އިންތިޚާބުގައި ވޯޓު ލުމުގެ ޙައްގު ލިބިފައިވާ މީހުންގެ ޢަދަދަކީ 26442 އެވެ. މި އިންތިޚާބުގައި ރޭއްޖެއާއި ރާއްޖެއިން ބޭރުގައި ޖިމްލަ 501 ވޯޓު ފޮށި ބަހައްޓާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވައިފައެވެ. މިފަހަރުގެ އިންތިޚާބުގައި މިހާތަނަށް ވަނީ 3 ކެންޑިޑޭޓަކު ނަން އަނގައިފައެވެ. އެ ތިން މީހުން ނަން ނެގުމުން މަޖިލިހަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ޢަދަދަކީ 387 އެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.