އިންޑިއާ ސިފައިން ދިވެހި މަސްދޯންޏެއް ހިފަހައްޓައިފި

މަސްވެރިކަމަށް ނުކުމު އުޅުނު ދިވެހި މަސްދޯންޏެއް، އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިކަމާ ބެހޭ ގޮތުން އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް ޢާޒިމް ވިދާޅުވީ މިފަދަކަމެއް ހިނގައިގެން އުޅޭކަމުގެ މަޢޫލޫމާތު ލިބިފައިވާ ކަމަށެވެ. އެމްއެންޑީއެފުން މިހާރުގެންދަނީ ދޯންޏަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރައްވަމުން ކަމަށެވެ. "އިންޑިއާއިން ދިވެހި މަސްބޯޓު ހިފަހައްޓާފައިވަނީ އެ ޤައުމުގެ ސަރަޙައްދުގެ ވަރަށް އެތެރެއަށް ވަދެފައި ވަނިކޮށް ކަމަށް މަޢުލޫމާތު ވަނީ ލިބިފައި،" ޢާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިކަން ހިނގާފައިވާގޮތް ބެލުމުގެ މަސައްކަތް ފޮރިން މިނިސްޓްރީން ވެސް ގެންދަވަނީ ބައްލަވަމުން ކަމަށެވެ.

ރާއްޖޭގެ އިޤްތިސާދީ ސަރަޙައްދަށް ޤަވާޢީދާ ޚިފާލާފަށް ވަންނަ ބޭރުގެ ބޯޓުފަހަރު އެމްއެންޑީއެފް ކޯސްޓުގާޑުން ވެސް ހުއްޓުވައި، ހަމަޖެހިފައިވާ އުޞޫލުން ފިޔަވަޅު އަޅަމުންދާކަން "މިފުރުޞަތުގައި ހާމަ ކޮށްލަން" ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި "ވީވަރު" ނަމަކަށް ކިޔާ މިދޯނި ހިފަހައްޓައިފައިވަނީ ލަކްޝަދީބުގެ އަތޮޅެއް ކަމަށްވާ ސުހެލީ ކައިރިންނެވެ. އެދޯނި މިހާރު އޮތީ ލަކްޝަދީބުގެ ވެރިރަށް ކަވަރައްތީގެ ބަނދަރުގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.