މިއީ ހަތަރު ލީޑަރުން ޤައުމީ މަސްލަޙަތު އިސްކޮށް ސަރުކާރު ދަމަހައްޓަން މަސައްކަތް ކުރަންވީ ވަގުތު: ޝައިޚް އިލްޔާސް

މިއީ ރައްޔިތުންގެ ޤުރްބާނީތަކާއި އުއްމީދު ގެއްލިގެން ނުދާނޭ ފަދަ ގޮތަކަށް ހަތަރު ލީޑަރުން ސަރުކާރު ދަމަހައްޓަން މަސައްކަތް ކުރަންވީ ވަގުތު ކަމުގައި ޝައިޚް އިލްޔާސް ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހު ކުރެއްވި ޓުވީޓެއްގައި ޝައިޚް އިލްޔާސް ވިދާޅުވީ ރާއްޖޭގައި މިވަގުތު އޮތް ސަރުކާރަކީ ކޯލިޝަން ސަރުކާރެއް ކަމާއި އެއީ ހަތަރު ލީޑަރުންގެ އެކަނި ޤުރުބާނީ އެއް ނޫން ކަމަށެވެ. އަދި އެއީ ރައްޔިތުން ވަރަށް ބޮޑު އުއްމީދުތަކަކާއެކު ބޮޑެތި ޤުރްބާނީ ތަކެއް ވެގެން ގެނެސްފައިވާ ސަރުކާރެއްކަން ހަނދާނުގައި ބެހެއްޓެވުމަށް ހަނދުމަފުޅުކޮށް އަރުވާކަމަށެވެ.

އެހެންކަމުން "އިސްލާމް ދީނަށާއި ޤައުމުގެ އިސްތިޤްލާލަށާއި އަދި ރައްޔިތުންގެ ޤުރްބާނީތަކާއި އުއްމީދުތައް ގެއްލިގެން ނުދާފަދަ ގޮތަކަށް 4 ލީޑަރުން ސަރުކާރު ދަމަހައްޓަން މަސައްކަތް ކުރަން ޖެހޭ މިވަގުތަކީ ޒާތީ މަސްލަޙަތަށްވުރެ ޤައުމީ މަސްލަޙަތު އިސްކުރަން ޖެހޭ ވަގުތެއް ކަންވެސް" ހަނދުމަފުޅުކޮށް އަރުވާ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސްގެ ޓުވީޓުކޮށްފައިމިވަނީ ކޯލިޝަން ތެރޭގައި އޮތް ގުޅުން ހީނަރުވެ ކޯލިޝަންގެ ބައިވެރީންގެ މެދުގައި ބަހުގެ ޙަމަލާތައް ބަދަލުކުރަމުންދާ ދަނޑިވަޅެއްގައެވެ. ކޯލިޝަންގައި ދިމާވެގެން އުޅޭ މައްސަލަ އަކީ އެމްޑީޕީ އިން މަޖިލީހުގެ 86 ދާއިރާ އަށް ވާދަކުރުމަށް ނިންމުމުން އުފެދުނު މައްސަލައެކެވެ. ޖުމްހޫރީ ޕާޓީގެ ރައީސް ޤާސިމް އިބްރާހީމް  ގެންދަވަނީ އެމްޑީޕީ އިން އެއްބަސްވުމާއި ޚިލާފުވެފއަިވާ ކަމަށް ވިދާޅުވެ އެ ޕާޓީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެއްބަސްވުމާ ޚީލާފުވެފައިވާ ކަމަށް އެމްއާރއެމްގެ ލީޑަރު ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްްޤަްޔޫްމ ވެސް ވަނީ ވިދާޅުވެފައެވެ.

ކޯލިޝަންގެ ހަތަރު ލީޑަރުން ކޮންމެ މަހަކު އެއް ފަހަރު ބައްދަލުވެ މަޝްވަރާ ކުރައްވާނެ ކަމަށ ވިދާޅުވެފައިވީ ނަމަވެސް ޖަނަވަރީ މަހުގެ ބައްދަލުވުން އަދި މިހައިތަނަށް ބާއްވާފައި ނުވެއެވެ. ކޯލިޝަން ރޫޅީފައިވާ ކަމަށޤ ދެކެވޭ ވާޙަކަތަކާ ގުޅިގެން ނޫސްވެރީޏް ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙް ވަނީ ކޯލިޝަން ދެމިއޮތްކަމަށް ވިދާޅުވެފައެވެ. އަދި ހަތަރު ލީޑަރުންގެ ބައްދަލުވުން ވެސް ވަރަށް އަވަހަށް ބޭއްވޭނެ ކަމަށް ވިދާޅުވެފައެވެ. އޭގެ ފަހުން ހަފްތާއެއް ފާއިތުވެ ދިޔަ އިރުވެސް އެބައްދަލުވުން ބާއްވާފައެއް ނުވެއެވެ. ހަތަރު ލީޑަރުންވަނީ ކޮންމެ މަހަކު އެއް ފަހަރު ބައްދަލުވުން ބާއްވާނެ ކަމަށް ވިދާޅުވެފައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.