ރަށްރަށުގައިވާ އާސާރީ ތަންތަނާއި ތާރީޚާ ބެހޭ މަޢުލޫމާތު ޢާއްމު ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހެރިޓޭޖު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެމިނިސްޓްރީން ވިދާޅުވެފައިވަނީ އެމަސައްކަތް ކުރައްވަނީ މިނިސްޓްރީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީއާ ގުޅިގެން، ރަށު ކައުންސިލްތަކުން ހިންގާ ވެބްސައިޓްތައް މެދުވެރިކޮށް ކަމަށެވެ.
ބައެއް ނޫސްތަކުން ބުނެފައިވަނީ ރަށްރަށުގައިހުރި އެފަދަ ތަންތަނާއި މަޢުލޫމާތު ޢާއްމު ކުރުމަށް ކޮންމެ ރަށަކު ސެންޓަރެއް ޤާއިމްކޮށް އެކަމަށް ޚާއްސަ ވެބްސައިޓެއް ކޮންމެ ރަށެއްގައި ޤާއިމް ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެހެންނަމަވެސް ހެރިޓޭޖު މިނިސްޓްރީން ވަނީ އެކަން ދޮގުކުރައްވައިފައެވެ.