މާލެއަށް ރެކޯޑު މިންވަރަކަށް ވާރޭ ވެހިއްޖެ

މާލެއަށް ރެކޯޑު މިންވަރަކަށް ވާރޭ ވެހެފިއެވެ. މެޓު އޮފީހުން ވިދާޅުވީ ޑިސެމްބަރު 5 ވަނަ ދުވަހު މާލެއަށްކުރި ވިއްސާރައިގައި ހެނދުނު 8:00 އިން އެރޭ 8:00 އަށް 223.5 މިލިމީޓަރު ވާރޭ ވެހިފައިވާ ކަމަށެވެ.

މިއީ މިހާތަނަށް މާލެއަށް އެންމެގިނައިން ވާރޭ ވެހިފައިވާ މިންވަރެވެ. 1998 ވަނަ އަހަރު ޑިސެމްބަރު 11 ވަނަ ދުވަހު މާލެއަށްވަނީ 200 މިލި މީޓަރުގެ ވާރޭ ވެހިފައެވެ.

މެޓު އޮފީހުން ވިދާޅުވީ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ވާރޭވެހިފައިވަނީ އައްޑޫ ސިޓީ ގަމަށެވެ. 2015 ވަނަ އަހަރު ނޮވެމްބަރު 24 ގައި ގަމަށްވަނީ 228.4 މިލިމީޓަރުގެ ވާރޭވެހިފައެވެ.

މާލެއަށްކުރި ވިއްސާރައިގައި އެސްޓޯއޯގެ ބައެއް ކާޑު ގުދަން ތަކަށް ވެސް ވަނީ ފެންވަދެފައެވެ. އޭގެ އިތުރަށް ބައެއް މުއައްސަސާތަކަށާއިމ ގޭގެއާއިމ ފިހާރަތަކަށް ވެސް ވަނީ ފެން ވަދެފައެވެ. ފެން ހިންދާލުމުގެ މަސައްކަތުގައި ސިފައިންނާއި ފުލުހުންނާއި، އާންމުން ގުޅިގެންވަނީ މަސައްކަތް ކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.