ފުއާދު ތައުފީގުވެސް މަޖިލީހަށް ކުރިމަތިލައްވަނީ

އިލެކްޝަން ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގުވެސް ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިފިއެވެ.

ފުއާދު އޭނާގެ ފޭސްބުކް ޕޭޖުގައި މިރޭ އެކަން އިއުލާނު ކުރައްވަމުން ވިދާޅުވީ މަޖިލީހުގެ އިންތިޚާބުގައި ކުރިމަތި ލައްވާނީ އެއްވެސް ޕާޓީއެއްގެ ޓިކެޓުގައި ނޫން ކަމަށެވެ. ފުއާދު ކުރިމަތި ލައްވަން ނިންމަވާފައި ވަނީ މައްޗަންގޮޅީ ދެކުނު ދާއިރާއަށެވެ.

"އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި، ރައްޔިތުންގެ މަޖިލިސްގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމަށް އަޅުގަނޑު ގަސްތުކުރާތީވެ، އެދާއިރާގެ ލޮބުވެތި ރައްޔިތުންގެ އަރިހުގައި ދެންނެވީމެވެ." ފުއާދު ވިދާޅުވެފައިވެއެވެ.

2019 ވަނަ އަހަރު އޮންނަ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ކުރިމަތި ލައްވަން ފުއާދު ނިންމެވިއިރު ފަހަކަށް އައިސް ފުއާދު ފެންނަމުން ދިޔައީ އެމްޑީޕީގެ ހަރަކާތަކުގައެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަންނިމި، ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙްގެ ވެރިކަން ފެށެންދެން ފުއާދު ދިރިއުޅުއްވަމުން ގެންދެވީ އަވައްޓެރި ސްރީލަންކާގައެވެ.

ދާދިފަހުން ފުއާދު ރާއްޖެ ވަޑައިގެންނެވިއިރު ފުއާދަކީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުޙަންމަދު ނަޝީދުގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައިވެސް ފަހަކަށް އައިސް ސިލޯނުގައި އޮންނަ އެމްޑީޕީގެ ބައްދަލުވުންތަކުގައި ފެންނަމުން އައި ބޭފުޅެކެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.