ހޯމް މިނިސްޓަރާއީ ސީޕީ ވިލިގިލީގައި

މިނިސްޓަރ އޮފް ހޯމް އެފެއާޒު އައްޝައިޚް ޢިމްރާން ޢަބްދުﷲ އާއި، ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) ޙަމްދޫން ރަޝީދު ހުވަދުއަތޮޅު އުތުރު ބުރީ ވިލިގިއްޔަށް ވަޑައިގެންފިއެވެ.

އެބޭފުޅުން އެރަށަށް ވަޑައިގެން ވަނީ ފުލުހުންނާ ބައްދަލު ކުރައްވައިފައެވެ. އަދި އެބޭފުޅުންގެ ޙާލުވެސް ބައްލަވާފައިވެއެވެ. ފުލުހުން ގެންގުޅޭ ބައެއް ތަކެތިވެސް ވަނީ އަލިފާނުގެ ޙާދިސާގައި އަނދައިގެންގޮސްފައެވެ. އެހެން ކަމުން ފުލުހުންނަށް މިވަގުތަށް ބޭނުންވާ ތަކެތިވެސް މިހާރު ވަނީ ޙަވާލު ކުރައްވައިފައެވެ.

ވިލިގިލީ ފުލުހުންގެ އެކޮމޮޑޭޝަން ބްލޮކް ހުންނަނީ އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ޢިމާރާތެއްގައެވެ. އެހެންކަމުން މިނިސްޓަރާއި ސީޕީ ވަނީ އަންހެނުންގެ ކޮމިޓީއާ ވެސް ބައްދަލު ކުރައްވައިފައެވެ.

ޕޮލިސް އެކަމޮޑޭޝަން އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި ދެ ފުލުހުންނަށް ޑރ. ޢަބްދުއް ޞަމަދު މެމޯރިއަލް ހޮސްޕިޓަލުން ފަރުވާ ދިނުމަފަހު މިހާރުވަނީ ދޫކޮށްލައިފައެވެ. އެތަނުން ދޫކޮށްލުމަށްފަހު މިހާރުވަނީ އިތުރުފަރުވާއަށް މާލެ ވެސް ފޮނުވައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.