އަދީބަކި ވަރަށް ނުރައްކާތެރި މުޖުރިމެއް. ގޭގައި ހުންނަ އިރުވެސް ފުލުހުން ސަމާލުވެ މޮނިޓަރ ކުރަން ޖެހޭ: މުޢިއްޒު

ފޮޓޯ؛ ސަން އޮންލައިން

ކުރީގެ ނައިބް ރައީސް އަޙްމަދް އަދީބު އަކީ ވަރަށް ނުރައްކާތެރި މުޖްރިމެއް ކަމަށާއި އޭނާ ގޭގައި ހުންނަ އިރުވެސް ފުލުހުން އޭނާ އާއި ދޭތެރޭ ސަމާލުވެ މޮނިޓަރ ކުރަން ޖެހޭ ކަމަށް ކުރީގެ ޕްރޮސެކިޔުޓަރ ޖެނެރަލް އަލްއުސްތާޒް އަޙްމަދް މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުޢިއްޒު މިހެން ވިދާޅުވީ ޑޮކްޓަރުގެ ލަފާގެ މަތިން އިއްޔެ އަދީބު ގެއަށް ބަދަލު ކުރުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. މުޢިއްޒު ވިދާޅުވީ "އަދީބަށް ވެސް ބޭސްފަރުވާގެ ޙައްގު އެބައޮތް ކަމަށާއި ނަމަވެސް އަދީބަކީ ވަރަށް ނުރައްކާތެރި މުޖްރިމެއް" ކަމަށެވެ. އަދި ދައުލަތުގެ ފައިސާ އަށް ޚިޔާނާތްތެރި ވެފައިވާ ކަމަށް ވެސް މުޢިއްޒުގެ ޓުވީޓުގައި ވިދާޅުވިއެވެ. ދައުލަތުގެ ފައިސާ ފޮރުވާ އެކި ފަރާތްތަކަށް ދެވިގެން ނުވާނެ ކަމަށް ވެސް މުޢިއްޒު ވަނީ ވިދާޅުވެފައެވެ.  

އަދީބުގެ މައްޗަށް ދައުލަތުން ވަނީ ބޮޑެތި ތުހުމަތު ތަކެއް ކޮށްދައުވާ އުފުލާފައެވެ. އޭގެ ތެރޭގައި ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރި ވުމާއި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަވަހާރަކޮށްލަން އުޅުނެ ފަދަ ބޮޑެތި ތުހުމަތު ތައް ހިމެނެއެވެ.

އަދީބް ގެންދަވަނީ 33 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.