މޫދަށްއެރި އުޅެނިކޮށް ނިޔާވި ކުއްޖާ ނެގީ އަޅުގަނޑު، ފެނުނީ ތިންމީޓަރު އަޑިން: ތައްޔިބު

ޢަބްދުﷲ ޠައްޔިބު

އައްޑޫ ސިޓީ ކައުކެނޑި ބްރިޖު ސަރަޙައްދަށް މޫދަށް އެރިއުޅުނު ތިން ކުދިންގެ ތެރެއިން ގެނބިގެން ނިޔާވި ކުއްޖާ މޫދު އަޑިން ނެގީ އައްޑޫސިޓީގެ ކުރީގެ ޑެޕިޔުޓީ މޭޔަރު އަދި އަކުއަވެންޗާގެ ވެރިޔާ ޢަބްދުﷲ ޠައްޔިބު (ޓޮމް) ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އާފަތިހަށް މަޢުލޫމާތު ދެއްވަމުން ޓޮމް ވިދާޅުވީ ކުއްޖަކު ގެނބިގެން އުޅޭކަމުގެ މަޢުލޫމާތު އޭނާއަށް ލިބުނީ މެންދުރު ފަހު 2:25 އެހައިކަންހާއިރު ކަމަށެވެ. އެ އެހިސާބުން އަކުއަވެންޗަރ ޑައިވިންޓީމަކުން ކުއްޖާ ގެއްލުނު ސަރަޙައްދަށް ފީނައި ބަލަން ފެށި ކަމަށެވެ. އޭރު ފުލުހުންގެ 4 މީހުންނާއި އެމްޑީއެންޑީއެފްގެ ލޯންޗެއް ވެސް އެހިސާބު ޙަރަކާތްތެރިވަމުން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބަލަމުން ދަނިކޮށް އަޅުގަނޑަށް އޭނާ ފެނުނީ ގައުކެނޑި ބުރިޖު ސަރަޙައްދުގެ މޫދުގެ ތިންމީޓަރު އަޑިން. އަޅުގަނޑަށް އެކުއްޖާ ފެނުނީ 3:45 އެހައިކަންހާއިރު. އަޅުގަނޑު އެކުއްޖާ ނެގީވެސް،" ޓޮމް ވިދާޅުވިއެވެ. އެހެންނަމަވެސް އެމްއެންޑީއެފުން ވިދާޅުވެފައިވަނީ އެކުއްޖާ ފެނިފައިވަނީ އެމްއެންޑީއެފްގެ ޑައިވަރުންގެ ޓީމަށް ކަމަށެވެ.

ގެނބިގެން ނިޔާވެފައިވަނީ ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ، ޖަވާހިރުމާގޭ، އަޙުމަދު ޖައިޝަން އެވެ. މޫދު އަޑިން އޭނާ ނަގައިގެން ހިތަދޫރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފައި ކަމަށް ހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.