ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު 'ބާރާތް' ގެ މަންޒަރުތައް ދުނިޔޭގެ އެކި ތަންތަނުގައި ދަނީ ށޫޓް ކުރަމުންނެވެ. އެގޮތުން މޯލްޓާގައި އެއް މަސް ދުވަހުގެ ޝޫޓިން އަކަށްފަހު އަބޫ ދާބީ ގައިވެސް ބައެއް މަންޒަރުތައް ވަނީ ނަގާފައެވެ. މިހާރު ބާރާތްގެ ޓީމު ޝޫޓް ކުރަމުން ދަނީ ޕަންޖާބުގައެވެ.
ސަލްމާން ޚާން އާއި ފިލްމުގެ ޑައިެކްޓަރު ޢަލީ ޢައްބާސް ޒަފަރް ވަނީ ބުރާސްފަތި ދުވަހު ސަލްމާން އާއި ކަޓްރީނާު ވާގާ ބޯޑަރު ގޭޓު ކުރިމަތީގައި ނަގާފައިވާ މަންޒަރެއްގެ ފޮޓޯ އެއް ޝެއަރ ކޮށްފައެވެ. މި ފޮޓޯގައި ދެތަރީންވެސް ތިބީ ކެމެރާއަށް ފުރަގަސްދީގެންނެވެ.
އެންޑީޓީވީ އިން ރިޕޯޓުކުރި ގޮތުގައި ފިލްމުގެ ޝޫޓިން މިހާރު ކުރިއަށް ދަނީ ޗަންދިގަރް ގައެވެ. ނަމަވެސް އިންޑިއާ ޑޮޓް ކޮމް އިން ރިޕޮތުކޮށްފައިވާ ގޮތުގައި ބާރާތްގެ ޓީމަށް ވާގާ ބޯޑަރުގައި ޝޫޓު ކުރުމުގެ ހުއްދައެއް ނުލިބުނެވެ. އެހެންކަމުން މި މަންޒަރު ނަގާފައިވަނީ ލޫދިއާނާގައެވެ.
ބާރާތް އަކީ ދެކުނު ކޮރެއާގެ ފިލްމު 'އޯޑް ޓު މައި ފާދަރ' އަސްލަކަށޤ ބަލައިގެން އުފައްދާ ފިލްމެކެވެ. މި ފިލްމުގައި ޗަރުކޭސް ފަންނާނެއްގެ ގޮތުގައި 60 އަހަރުގެ ތެރޭގައި ސަލްމާންގެ ތަފާތު ފަސް ލުކް އެއް ފެންނާނެއެވެ. އޭގެ ތެރޭގައި 20 އަހަރުގެ ޒުވާނެއްގެ ގޮތުގައި ވެސް ފެންނާނެއެވެ.
ސަލްމަން އާއި ކަޓްރީނާގެ އިތުރުން ތާބޫ އާއި ދީޝާ ޕަތާނީ އާއި ސުނިލް ގްރޯވަރ ވެސް މުހިއްމު ރޯލުތަކަކުން ފެންނާނެއެވެ. މި ފިލްމު ސްކްރީންގައި އަޅުވާނީ މިއަންނަ އަހަރުގެ ޖޫން މަހުގެ 5ވަނަ ދުވަހުއެވެ.