މި ފެށޭ ރިޔާސީ ދައުރުގައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާ ވަޒީރުންގެ މަޖިލީހަކީ އެމަނިކުފާނަށް އިތުބާރު ހިފޭ، އެމަނިކުފާނުގެ ކެބިނެޓަކަށް ވެގެންދާނެ ކަމަށް އިއްތިހާދުން މިއަދު ހާމަކޮށްފިއެވެ.
ރައީސް މުންތަޚަބް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި އެމަނިކުފާނުގެ ނައިބު ފައިޞަލް ނަސީމް އާއެކު މިއަދު އިއްތިހާދުގެ ހަތަރު ލީޑަރުން ވަނީ ހޮޓެލް ޖެންގައި މަޝްވަރާ ބައްދަލުވުމެއް ބާއްވަވާފައެވެ. މި ބައްދަލުވުމަށް ފަހު މިޑިއާ އަށް މައުލޫމާތު ދެއްވަމުން ކުރީގެ ރައީސް އަދި އެމްޑީޕީގެ ލީޑަރު މުޙައްމަދު ނަޝީދު ވިދާޅުވީ މިއަދު ނިންމެވުނު މުހިއްމު ކަންތައްތަކުގެ ތެރޭގައި އާ ސަރުކާރުގައި އެކުލަވައިލެވޭ ކެބިނެޓަކީ ރައީސުލްޖުމްހޫރިއްޔާގެ ކެބެނިޓެއް ކަމަށް ހުރިހާ ޕާޓީތަކަށް އެއްވެސްވެވޭ ކަމަށެވެ. އަދި ކެބިނެޓް އެކުލެވޭނީ ރައީސުލް ޖުމްހޫރިއްޔާ ޚިޔާރު ކުރައްވާ ބޭފުޅުންގެ މައްޗަށެވެ.
"ރައީސުލްޖުމްހޫރިއްޔާ އަށް އެނގިވަޑައިގަންނަވާ ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުވެ ވަޑައިގަތީ އިއްތިހާދަކުން ކަން. އެހްނވީމާ ކެބިނެޓް އެކުލަވާ ލައްވާ އިރުގައި އެމަނިކުފާނު އެވިސްނުންފުޅު ގެންގުޅުއްވާނެ. ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާ ކެބނެތް ވެގެންދާނީ ރައީސުލްޖުމްހޫރއިްޔާ އަށް އިތުބާރު ހިފޭ ރައީސުލްޖުމްހޫރިއްޔާގެ ކެބެނިޓަކަށް"، ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ހުރިހާ ޕާޓީ އަކުން އެދެނީ ވެސް ރައީއސުލްޖުމްހޫރިއްޔާގެ ކެބިނެޓާއި އެކުގަ އެމަނިކުފާނަށް އިތުބާރު ކުރެވިގެން އެކުވެރިކަމާ އެކީގައި މަސައްކަތް ކުރެއްވޭނެ ގޮތްތަކަކަށް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މިއަދުގެ ބައްދަލު ވުމަށްފަހު ލީޑަރުން ޖުމްލަގޮތެއްގައި ފާހަގަކުރެއްވި ގޮތުގައި ސިޔާސީ ޚިޔާލު ތަފާތުވުންތަކާ އެކުވެސް ރަޔިތުންގެ އުއްމީދުތަކާއި ހުވަފެންތައް ހާސިލުކޮށް ދެއްވުމަށް އިބްރާހީމް މުޙައްމަދް ޞާލިޙް އާއި އެމަނިކުފަނުގެ ނައިބް ފައިސަލް ނަސީމް އާއެކު ސާބިތުވެ ތިއްބަވާނެ ކަމަށެވެ. އަދި ގައުމީ ބޮޑެތި ކަންކަން ނިންމެވުމުގައި ހަތަރު ލީޑަރުން މަޝްވަރާކުރައްވައި އެ މަޝްވަރާ ރައީސަށް އަރުވާނެ ކަމަށެވެ، ނަމަވެސް ކަންކަން ނިންމަވާނީ ރައީސުލް ޖުމްހޫރިއްޔާކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ.
އެކަމާ ގުޅޭގޮތުން އެމްއާރްެއެމްގެ ފަރާތުން ރައީސް މައުމޫން ވިދާޅުވީ، "އެނގިވަޑައިގަންނަވަނެ ފަދައިން ރައިސުލްޖުމްހޜުިއްޔާގެ ބާރުތައް އޮންނަ ގޮތުން، ގާނޫނު އަސާސީގައި އޮންނަ ގޮތުން ކަންކަން ނިންމެވުމުގެ އެންމެ އިސްވެިރޔަކީ ރައީސުލްޖުމްހޫރިއްޔާ. ރައީސުލްޖުމްހޫރިއްޔާ ނިންމަވާ ނިންމެވުމަކީ އެނިމުނީ . އަޅުގަނޑުމެންެ އަރުވާނީ މަޝްވަރާ. އަޅުގަނޑުމެންނަކީ ކަންކަން ނިންމާނެ ބައެއް ނޫން" ކަމަށެވެ.