ރައީސް ދިރިއުޅުއްވާ ގެކޮޅަކަށް މުލީއާގެ ހަދަނީ

މިމަހުގެ 17 ވަނަ ދުވަހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ފަހު އިބްރާހިމް މުޙަންމަދު ސޯލިޙް ދިރިއުޅުއްވާ ގެކޮޅަކަށް މުލީއާގެ ހަދަން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

އިތުބާރުހުރި ފަރާތަކުން މައުލޫމާތު ލިބުނުގޮތުގައި ރައީސް ކަމުގެ ފަސް އަހަރުގެ ދައުރުގައި އިބްރާހިމް މުޙަންމަދު ސޯލިޙް ދިރިއުޅުއްވުމަށް މުލީއާގެއަށް މިހާރު ދަނީ ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. ސަބަބަކީ އެތަން ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި ބޭނުން ކުރެއްވީ ދިރިއުޅުމަށް ބޭނުންކުރާ ތަނެއްގެ ބަދަލުގައި ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ސިޔާސީ މަސައްކަތް ކުރައްވާ ތަނެއްގެ ގޮތުގައި ކަމަށްވުމުންނެވެ.

މުލީއާގެއަކީ ރައީސް މައުމޫނުވެސް ވަގުތީ ގޮތުން އުޅުއްވި ގެއެކެވެ. އަދި ރައީސް ނަޝީދުވެސް އެގޭގައި ދިރިއުޅުއްވިއެވެ.

ރައީސް އިބްރާހިމް މުޙަންމަދު ސޯލިޙް މުލީއާގެއަށް ބަދަލުވެވަޑައިގަންނަވާއިރު އަލަށް ވަޑައިގަންނަވާ ނައިބު ރައީސް ފައިސަލް ނަސީމް ދިރިއުޅުއްވާނީ ހިލާލީގޭގައެވެ. ރައީސް ޔާމީން މިހާރު ދިރިއުޅުއްވަނީ އެގޭގައެވެ. ހިލާލީގެއަކީ ރައީސް މުޙަންމަދު ނަޝީދުގެ ވެރިކަމުން ފެށިގެން ނައިބު ރައީސުން އުޅުއްވިތަނެކެވެ. އެގޮތުން ރައީސް ނަޝީދުގެ ނައިބު ރައީސް ޑރ ވަޙީދާއި ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ ޖަމީލްވެސް އެގޭގައ އުޅުއްވިއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.