އޭޑީކޭގެ ދެވަނަ 'ބްރެއިން އެންޑް ސްޕައިން' ކޮންފަރެންސް ފަށައިފި

'ބްރެއިން އެންޑް ސްޕައިން ކޮންފަރެނސް 2018' ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އޭޑީކޭ ޓުވިޓަރ

އޭޑީކޭ ހޮސްޕިޓަލުން ބާއްވާ ދެވަނަ 'ބްރެއިން އެންޑް ސްޕައިން' ކޮންފަރެންސް މިއަދު ފަށައިފިއެވެ. މިއީ ރާއޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު ކޮންފަރެންސެވެ. 'ބްރެއިން އެންޑް ސްޕައިން' ކޮންފަރެންސަކީ ސިކުނޑިއާއި މައިބަދައިގެ ބަލިތަކާއި ސާރޖަރީ ތަކާއި މެދު މަޝްވަރާކުރުމަށާއި އާ އީޖާދުތަކާ ގުޅޭގޮތުން އެދާއިރާގައި މަސައްކަތް ކުރައްވާ ޕްރޮފެޝަނަލުންގެ މެދުގައި މައުލޫމަތު ބަދަލުކޮށް މަޝްވަރާކުރުމަށް ބާއްވާ ކޮންފަރެންސެކެވެ.

މިއަދު ފެށިގެން ކުރިއަށްދާ ކޮންފަރެންސައގައި ކީނޯޓް ސްޕީކަރުންގެ ގޮތުގައި ދުނިޔޭގެ ހަތަރު ގައުމެއްގެ ނިއުރޯ ސާޖަނުންނާއި އޭޑީކޭ ހޮސްޕިޓަލްގެ ނިއުރޯސާރޖަން ޑރ. ޢަލީ ނިޔާފް ބައިވެރިވެ ވަޑައިގަންނަވައެވެ. ކޮންފަރެންސްގެ ފުރަތަމަ ސެޝަންގެ ކީނޯޓް ދެއްވީ ޑރ. ޢަލީ ނިޔާފް އެވެ. ޑރ. ނިޔާފް ވަނީ ދިވެހިރާއްޖޭގައި ނިއުރޯސައެންސްގެ ދާއިރާއިން ދިރާސާ ކުރުމުގެ މުހިއްމު ކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ. ނިޔާފު ވިދާޅުވިގޮތުގައި އެފަދަ ދިރާސާ ޔުނިޓެއް ގާއިމުކުރެވެން ޖެހެއެވެ. އެއާއި ގުޅިގެން އޭޑީކޭގެ މެނޭޖަރ އަޙްމަދް އަފްޢާލް ވަނީ ރާއްޖޭގައި ނިއުރޯސައެންސް ދިރާސާ ކުރުމަށް ބޭނުންވާ ޔުނިޓެއް އޭޑީކޭ އިން ގާއިމުކުރައްވާނެ ކަމަށެވެ. 

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ ކޮންފަރެންސްގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުން ހިމެނޭގޮތަށް ނިއުރޯސައެންސްގެ ދާއިރާއިން ތައްޔާރުކޮށްފައިވާ 33 ކަރުދާހާއި އިތުރު 20 ކަރުދާހެއް ހުށަހެޅުމަށްވަނީ ހަމަޖެހިފައެވެ.

މިއަދު ފެށި ކޮންފަރެންސްގައި މައިބަދައިގެ ދެ ސާރޖަރީ އެއް ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މައިބަދައިގެ ޑިސްކް ރަނގަޅުކުރުމާއި ޑިސްކް ބަދަލުކުރުމުގެ ސާރޖަރީ އެކެވެ. މި ސާރޖަރީ ދެއްކުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސޓީގައެވެ. ޔުނިވަރިސޓީގެ ދަރިވަރުންނާއި ދާއިރާގެ ބޭފުޅުންގެ އިތުރުން ސާރޖަރީ ކުރަާ މަންޒަރު ބަލަން ޝައުގެވެރިވާ އާއްމުންނަށް އެފުރުޞަތު ވަނީ ހުޅުވާލާފައެވެ. 

އޭޑިކޭ އިން ބްރެއިން އެންޑް ސްޕައިން ކޮންފަރެންސެއް ފުރަތަމަ ބާއވާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 14ވަނަ ދުވަހުއެވެ. އެ ކޮންފަރެންސްގައި ވެސް މައިބަދައިގެ އޮޕަރޭޝަނެއް ކުރިއަށްދިޔައިރު ފޭސްބުކް އިން ވަނީ ލައިވްކޮށްފައެވެ. މިހާރު ކުރިއަށްދާ ކޮންފަރެންސްގެ ތެރެއިން ނިއުރޯސަރޖަރީގެ އާ އިނޮވޭޝަންތައް ރާއްޖެއަށް ތައާރަފް ކުރުމަށް ހަމަޖެހިފައިވެއެވެ. 

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.