ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބދުﷲ މަސީހު އަހްމދަު އިސތިއުފާ ދެއްވައިފިއެވެ. މަސީޙް އިސްތިއުފާ ދެއްވާފައި މިވަނީ އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިރެއަށް އެޖެންޑާ ކޮށްފައި ވަނިކޮށެވެ. މަސީޙުގެ އިސްތިއުފާގެ ސިޓީ މިހާރުވަނީ ރައްޔިތުންގެ މެޖިލީހުގެ އިދާރާއަށް ފޮނުއްވާފައެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގުްރޫޕުގެ ލީޑަރު އަޙްމަދު ނިހާން ވަނީ 2014ވަނަ އަހަރުގެ މޭ މަހުގެ 29ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ރައިޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމުގައި ހުންނަވައިގެން މަސީޙު ކުރައްވާފައިވާ މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ. ނިހާން ކުރެއްވި ޓުވީޓުގައި ރައީސްގެ މަގާމުގައި ހުންނަވައިގެން ގައުމަށް ކޮށްދެއްވި އަގު ނުކުރެވޭ ޚިދުމަތަށް ޝުކުރު އަދާ ކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ޓީމް ޕްލޭޔަރެއްގެ ގޮތުގައި ކެތްތެރި ކަމާއެކު ކުރެއްވި ހިތްވަރަށް ނިހާން ވަނީ ތައުރީފު ކުރައްވާފައެވެ.
29 May 2014 - 1 Nov 2018 ah Raiyyithunge Majlis Raees kamuge magaamuga Manikufaanu Mi Gaumah kohdhevvee agu nukurevey fadha bodu Khidhumaiythakeh. PPM #TeamPlayer eh gothuga keiy therikamaa eku kurehvvi hivvarah assaribahaa saabas dhannavan. pic.twitter.com/12srqY9Vw8
— Ahmed Nihan (@ahmed_nihan) November 1, 2018
ޕީޕިއެމްގެ ނައިބް ލީޑަރު، ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުލްރަޙީމް ޢަބްދުﷲ ވެސް ވަނީ މަސީހު ކޮށްދެއވި އަގުނުކުރެވޭ ޚިދުމަތަށް ޝުކުރު ދަންނަވާފައެވެ.
29 May 2014 in 1 November 2018 ah,18 vana Rayyithunge Majileehuge Raees kamuge magaamugai hunnavaigen Hon.Abdulla Maseeh Mohamed Dhivehi Gaumaai Rayyithun nah Adhi PPM ge sarukaarashaai RY ah kohdhehvei aguhuri kh’idhumathah nuhanu Ikh’ulaastheri kamaa’eku Shukuru dhannavan.
— Abdul Raheem Abdulla (@Banafsaa) November 1, 2018