މެޔަށް ވަޅިހަރައި ޒަޚަމްކޮށްލި ޒުވާނާއަށް އަދިވެސް ފަރުވާދެނީ

މެޔަށް ވަޅިހަރައި ޒަޚަމްކޮށްލި ޒުވާނާގެ ޙާލަތާމެދު އަދިވެސް އެއްޗެއް ވިދާޅުވާން އެނގިވަޑައި ނުގަންނަވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު އައްފާލް ވިދާޅުވީ އުމުރުން 28 އަހަރުގެ އެޒުވާނާއާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވެވޭނީ ޑޮކްޓަރުންނާ ޙަވާލާ ދެއްވައި ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް ވެސް ޑޮކްޓަރުންގެ ފަރާތުން އަދި އެއްވެސް މަޢުލޫމާތެއް ލިބިފައިނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އައްފާލް މިރޭ ވިދާޅުވީ އެ ޒުވާނާއަށް ފަރުވާ ދިނުމަށް އަދިވެސް ޑޮކްޓަރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެ ޒުވާނާގެ މެޔަށް ވަޅިހަރައިފައިވަނީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައެވެ. އެ ޒުވާނާގެ މެޔަށް ވަޅިޖެހީ ހެންވޭރު ޕީޕީއެމް އޮފީސް ކައިރީގައި ހިންގި މަރާމާރީއެއްގައެވެ.

މިމައްސަލައިގައި އަދިވެސް ފުލުހުން އެއްވެސް ވާހަކައެއް ދައްކަވާފައިފައެއް ނުވެއެވެ. ފުލުހުންނަށް ގުޅައިޅުމުން ވިދާޅުވެފައިވަނީ އެކަން ބެލުމަށްފަހު އެ ޙާދިސާއާ ބެހޭ މަޢުލޫމާތު ޙިއްސާ ކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް އަދިވެސް ފުލުހުންގެ ޚަބަރެއް ނުވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.