މާދަމާއަކީ ރައްޔިތުންގެ މަޖިލީހުގައި ލާފައިވާ ތަޅު ހުޅުވާލެވޭ ދުވަސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.
ރިޔާޒް ވިދާޅުވީ އެމްއެންޑީއެފުން މަޖިލީހުގައި ލާފައިވާ ތަޅު މާދަމާ ނައްޓާލެވި މަޖިލީހުގެ އިދާރާ މެމްބަރުންނަށް ހުޅުވާލާނެ ކަމަށެވެ. ރިޔާޒް މިފަދައިން ވިދާޅުވިއިރު ގިނަ ދުވަސް ތަކަކު މަޖިލީހުގެ ޖަލްސާއެއް ނުބޭއްވި ދިގުލައިގެން ދިޔުމަށް ފަހު މާދަމާ މަޖިލީހުގެ ޖަލްސާއެއް ބައްވަން މަޖިލީހުގެ އިދާރާއިން ދަނީ ތައްޔާރު ވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ހުއްޓިގެން ގޮސް، ދިގުލައި ދިޔައީ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އިދިކޮޅު ކޯލިޝަނުން މަސައްކަތް ފެށި ހިސާބުންނެވެ. މަޖިލީހުގެ ޖަލްސާތައް އަލުން ފަށަން ތައްޔާރުވި އިރުވެސް މެމްބަރުންގެ މިވަގުތު އެންމެ ބޮޑަށް ކުރައްވަމުން ގެންދަވާ މަސައްކަތަކީ މަޖިލީހުގެ ރައީސް ކަމުން މަސީހު ވަކި ކުރެއްވުމަށް ކުރަންޖެހޭ ކަންކަން ކުރުމެވެ.