ށ. އަތޮޅުން ފެށިގެން ތ. އަތޮޅުގެ ރަށްތަކަށް މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.
އެ ސަރަހައްދަށް ވައިޓްއެލާޓް ނެރެފައިވަނީ މޫސުމް ގޯސްވެ ގަދައަށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ ކަމަށް މޫސުމާބެހޭ އިދާރާ މެޓު އޮފީހުން ވިދާޅުވެފައިވެއެވެ.
އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ މިރޭ ފަތިހު 5:30 އާ ހަމައަށެވެ. މި ދުވަސްވަރަކީ ރާއްޖެގެ އެކިސަރަހައްދުތަކަށް ވިއްސާރަކުރާ ދުވަސްވަރެއް ކަމުން މެޓު އޮފީހުން ގެންދަނީ މޫސުމް ގޯސްވާ ސަރަހައްދުތަކަށް މިފަދަ އެލާޓްނެރެ މީހުން ސަމާލު ކުރުވަމުންނެވެ.
ވިއްސާރަވެ ވާރޭވެހުނަސް ގަދައަށް ވައިޖެހޭނެ ކަމަށް މެޓު އޮފީހުން ވިދާޅުވެފައެއް ނުވެއެވެ. އެ އޮފީހުން ވިދާޅުވެފައިވަނީ ކޮޅިގަނޑުގައި ވައިޖެހޭނީ 35 މޭލަށް ކަމަށެވެ. އެހެންނަމަވެސް ބައެއް ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ވިދާޅުވެފައިވެއެވެ.