ސްރީލަންކާގެ ބޮޑު ވަޒީރު ކަމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އައްޔަން ކުރައްވައިފިއެވެ. އޭނާ ބޮޑު ވަޒީރު ކަމުގެ ހުވައި ކުރެއްވީ މިރޭ ރައީސް ސިރިސޭނާގެ ކުރިފުޅުމަތީގައެވެ.
މިއި ސްރީލަންކާގެ ސިޔާސީ މަސްރަހަށް އައި ކުއްލި އަދި ބޮޑު ބަދަލެކެވެ. މިހާރުގެ ރައީސް މައިތިރިޕާލަ ސިރިސޭނާ ރައީސް ކަމަށް ވަޑައިގަތީ ރައީސް ރާޖަޕަކްސަގެ ވެރިކަމުގައި އެމަނިކުފާނުގެ ހެލްތު މިނިސްޓަރަކަށް ހުންނެވުމަށް ފަހު ކުއްލިއަކަށް އެ މަގާމު ދޫކުރައްވައި އޭރުގެ އިދިކޮޅާ ގުޅިވަޑައިގެން އިންތިޚާބުގައި ވާދަ ކުރައްވައި ރާޖަޕަކްސާ ބަލި ކުރެއްވުމަށް ފަހު 2015 ވަނަ އަހަރުއެވެ.
މިރޭ ރާޖަޕްސަ ބޮޑު ވަޒީރުކަމާ ހަވާލުވެ ވަޑައިގަތަސް އަދި މަގާމުގައި ދެމިހުންނެވޭނޭ ކަން ކަށަވަރެއް ނޫނެވެ. ރާޖަޕްކަސައާއި ސިރިސޭނާއާ ދެބޭފުޅުން އެކުވެގެން ހަމަވަނީ ޕާލަމަންޓުގެ 95 ގޮނޑިއެވެ. އެއީ ވެރިކަމުގައި ހުންވާން ބޭނުންވާ އަދަދަށްވުރެ މަދު އަދަދެކެވެ. އަނެއްކޮޅުން އިއްތިހާދުން ވަކިވެގެން ދިޔަ ޔޫއެންޕީއަށް އޮތީ 106 ގޮނޑިއެވެ. އެއީވެސް ބޭނުންވާ އަދަދަށްވުރެ މަދު އަދަދެކެވެ. އެހެންވީމާ މިރޭ އަލަށް އައި ސަރުކާރަށް ވާނޭ ގޮތެއް އެނޭނީ ޕާލަމެންޓުގައި ކަންތައް ހިނގާ ގޮތަކުންނެވެ.
ސަރުކާރު ތެރޭގައި އޮތް މައްސަލަ ހުޅު ފަޅައިގެން ދިޔައީ އިންޑިއާއިން ރައީސް ސިރިސޭނާ އަވަހާރަ ކޮށްލަން ރޭވި ރޭވުމާ މެދު ބޮޑު ވަޒީރު ރަނިލް ފިޔަވަޅެއް ނޅުއްވުމުގެ ސަބަބުންނެވެ. ރާޖަޕަކްސަގެ ޕާޓީ މި ދިޔަ ފެބްރުއަރީ މަހު ބޭއްވުނު ލޯކަލް ކައުންސިލް އިލެކްޝަނުގައި ހޯދި ބޮޑު ކާމިޔާބީއަކީވެސް ސަރުކާރުގައި ލީ ރެނދެކެވެ.