ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ހުސްވެއްޖެނަމަ އެމަގާމު ޖުމްހޫރީ ޕާޓީގެ ބާނީ އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމަށް ދެއްވުމަށް ގުޅިފައިވާ ޕާޓީތަކުގެ ޖޮއިންޓް ޕާލިމެންޓްރީ ގޫރޫޕުން ފާސް ކުރައްވައިފިއެވެ.
މަޖިލީހުގެ ރައީސްކަމުގެ މަގާމު ހުސްވެއްޖެ ކަމަށްވާނަމަ އެ މަގާމު ގާސިމަށް ދެއްވަން ފާސްކުރެއްވީ ޖުމްހޫރީޕާޓީގެ މައިޖަގަހަ މ. ކުނޫޒުގައި މިރޭ ބޭއްވި ޖޮއިންޓް ޕާލިމެންޓަރީ ގުރޫޕުގެ ބައްދަލުވުމުގައެވެ.
ގުޅިފައިވާ ޕާޓީތަކުން މިއަދުވަނީ ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނެގުމަށް މަޖިލީހަށް މައްސަލަ ލައިފައެވެ. އެ މައްސަލަ މަޖިލީހަށް ވައްދައިފައިވަނީ 51 މެމްބަރުންގެ ސޮޔާއެކުގައެވެ. އެ ބޭފުޅުންގެ ތެރޭގައި ޕީޕީއެމްގެ 14 މެމްބަރަކު ހިމެނެއެވެ. އޭގެ ތެރޭގައި ރައީސް ޔަމީނާ ވަރަށް އަރިސް ބޭފުޅުން ވެސް ތިއްބެވިއެވެ. ޕީޕީއެމުން މިހާރު ގެންދަނީ އެބޭފުޅުން އޭގައި ސޮއިކުރެއްވި ސަބަބު ބަލަމުންނެވެ.
މަޖިލީހުގެ ރައީސް މަސީހުގެ މަގާމު ގެއްލިއްޖެ ކަމަށްވާނަމަ އެމަގާމަށް ކުރިމަތި ލައްވާނެ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނާއިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވަނީ ހާމަކުރައްވައިފައެވެ. މަސީހުގެ އިތުބާރުނެތް ކަމުގެ މައްސަލަ އެޖެންޑާ ކޮށްފައިވަނީ އަންނަމަހު 8 އަށެވެ.
މިގޮތަށް ނިންމާފައިވަނީ މ.ކުނޫޒުގައި މިއަދު ބޭއްވި ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގައެވެ.
މަޖިލީހުގެ ރައީސްކަން ގާސިމް އަށް ދޭން ފާސްކުރިއިރު، މަޖިލީހުގެ މިހާރުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ވަނީ ވައްދާފައެވެ. އެ މައްސަލަ މަޖިލީހަށް ވެއްދީ 51 މެމްބަރުންގެ ސޮޔާއެކުއެވެ. މަސީހު މަގާމުން ދުރުކުރަން ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ޕީޕީއެމްގެ މެމްބަރުންތަކެއް ވެސް ހިމެނިވަޑައިގަންނަވައެވެ.
މަޖިލީހުގެ ރައީސްކަން ގާސިމް އަށް ދިނުމަށް ނިންމާފައިވާއިރު، މަސީހު މަގާމުން ދުރުކޮށްފިނަމަ މަޖިލީހުގެ ރައީސް ކަމަށް ވާދަކުރައްވާނެކަން ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ މިއަދު އިއުލާން ކުރައްވާފައެވެ.