ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް އަޙްމަދްގެ މައްސަލަ 8 ނޮވެންބަރުވާ ބުރާސްފަތި ދުވަހަށް އެޖެންޑާކޮށްފިއެވެ.
މަޖިލީހުގެ އަމީން ޢާންމު ފާޠިމަތު ނިއުޝާ ސޮއި ކުރައްވައި މަޖިލީހުގެ މެންބަރުންނަށް މިއަދު ފޮނުއްވި ނޯޓިސްގައި ވިދާާޅުވެފައިވަ ގޮތުން ނޮވެންބަރު މަހުގެ 8 ވާ ބުރާސްފަތި ދުވަހަށް މައްސަލަ އެޖެންޑާ ކުރެއްވީ ގާނޫން އަސާސީ އާއި މަޖިލީހުގެ ޤަވައިދާ އެއްގޮތަށެވެ. މި ނޯޓިސްގައި ވިދާޅުވެފައިވާ ގޮތުން،
"ޤާނޫން އަސާސީގެ 82ވަނަ މާއްދާގެ (ބ)ގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް މަޤާމުން ވަކިކުރުމަށް ހުށަހަޅާ ޤަރާރެއް މަޖިލީހަށް ހުށަހެޅުމުގެ ސާދަ ދުވަސް ކުރީން އެކަން އެ މަޖިލީހަށް އަންގަންވާނެ ކަމަށާއި އަދި މަޖިލީހުގެ ޤަވައިދުގެ 175ވަނަ މާއްދާގެ (ނ) ގައި ވާ ގޮތަށް މައްސަލައިގެ ނޯޓިސް އެރުވުމަށް ފަހު އެނޯޓިހުގެ ތާރީޚުން ފެށިގެން ބަންދު ނޫން 10 ދުވަހުގެ މުއްދަތު އެރުވުމަށްފަހު އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ޖަލްސާއަށް މައްސަލަ ހުށަހަޅަންވާނެ" ކަމަށެވެ.
އަދި މަޖިލީހުގެ ޤަވައިދުގައިވާ ގޮތުގެ މަތީން އެފަދަ މައްސަލަ މައްސަލައެއް ހުށަހެޅިއްޖެނަމަ، މައްސަލަ ލިބޭތާ ގިނަވެގެން ބަންދު ނޫން 3 ދުވަސް ތެރޭގައި މެންބަރުންނާއި ރައީސަށް އެކަން އަންގަން އޮންނާތީ ކަމަށް އަމީން އާންމު ފޮނުއްވި ނޯޓިސްގައި ވިދާޅުވެފައިވެއެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ މިއަދު އެވެ.
Majlis Raees Abdullah Maseeh ge Ithubaaru neiy kamuge massala 8 Nov 2018 vaa buraasfathi dhuvahah agenda koffi pic.twitter.com/etxROAh0nS
— ADK Nashid (@ADKNashid) October 24, 2018