ރައީސް ޔާމީން އުޅުއްވަނީ ރީތިކޮށް ބަލި ގަބޫލުފުޅު ކުރައްވަން އެނގިވަޑައި ނުގަންނަވައިގެން ކަމަށް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެ

ރައީސް ޢަބްދުﷲ ޔާމީން އުޅުއްވަނީ ރީތިކޮށް ބަލި ގަބޫކުފުޅުކުރައްވަން ނޭނގިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ޗެއަރމަން އޮފް ޓްރާންސިޝަން ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން މިއަދު ގައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވައި ޢަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ޔާމީން ދެވަނަ ފަހަރަށް ބަލި ގަބޫލުކުރައްވައި ވާހަކަފުޅު ދައްކަވައިފި ކަމަށާއި ނަމަވެސް އެމަނިކުފާނު އުޅުއްވަނީ ރީތިކޮށް ބަލި ގަބޫލުފުޅު ކުރައްވަން އެނގިވަޑައިނުގަންނަވަިއގެން ކަމަށެވެ. އަދި ރައްޔިތުންގެ އަޑު އިއްވައފި ކަމަށާއި އެނިންމުން ދެމިއޮންނާނެ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ޝަހިދުގެ ވާހަކަފުޅަށް ތާއީދުކުރައްވައި ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫން  ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޑިމޮކްރެސީ އަކީ ރައްޔިތުން ބޭނުންވާ ގޮތް ކަމަށާއި ރައްޔިތތުންގެ ނިންމުން ވަރަށް ސާފު ކަމަށެވެ. އަދި ރައްޔިތުންގެ ވޯޓަކީ މިނިވަން ކަމަށް ދީފައިވާ ވޯޓެއް ކަމަށެވެ. ބިރާއި ދެކޮޅަށް ދީފައިވާ ވޯޓެއް ކަމަށެވެ. ދުންޔާ ވަނީ ޝާހިދުގެ ލީޑަރޝިޕްގެ ދަށުން އޮމަންކަމާއެކު ވެރިކަން ބަދަލުވެގެންދަނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.