ހެކަރުން 29 މިލިއަން މީހުންގެ ޒާތީ މައުލޫމާތު ނަގާފައިވާ ކަމަށް ފޭސްބުކް އިން ބުނެފި

ސެޕްޓެންބަރު މަހުގެ ފަހުކޮޅު ފޭސްބުކް އިންވަނީ ފޭސްބުކް އަށް ސެކިއުރިޓި މައްސަލަތަކެއް ދިމާވި ކަމަށް ބުނެފައެވެ. ފޭސްބުކް ބޭނުންކުރާ 50 މިލިއަން މީހުންގެ ލޮގިން މަައުލޫމާތު ހެކަރުން ނަގާފައިވާ ކަމަށް ބުނި ނަމަވެސް ތަހުގީގު ކުރިއަށްދާތީ އޭގެ ތަފްސީލެއް އޭރު ހާމަކޮށްފައި ނުވެއެވެ. ނަމަވެސް ތަހުގީގަށްފަހު މިރޭ ފޭސްބުކް ބްލޮގް ޕޯސްޓެއްގައި ބައެއް މައުލޫމާތު ވަނީ ހާމަކޮށްފައެވެ.

ކުރީން 50 މިލިއަން ޔޫޒަރުންގެ އެކައުންޓުގެ މައުލޫމާތު ނަގާފައިވާ ކަމަށް ގަބޫލު ކުރެވުނު ނަމަވެސް 90 މިލިއަން މީހުންގެ އެކައުންޓް ރީސެޓް ކުރަން ޖެހުނު ކަމަށް ފޭސްބުކް އިން ޝާއިޢުކޮށްފައިވާ ބްލޮގް ޕޯސްޓުގައި ބުނެއެވެ. ނަމަވެސް އޭގެ ތެރެއިން ގާތްގަނޑަކަށް 30 މިލިއަން މީހުންގެ ޒާތީ މައުލޫމާތު ހެކަރުން ނަގާފައިވާ ކަމަށްވެއެވެ.

މައުލޫމާތު ސީޑުކުރުމަށް ހެކަރުން 400،000 އެކައުންޓް ބޭނުން ކޮށްފައިވެއެވެ. އަދި ނަގާފައިވާ ޒާތީ މައުލޫމާތުގެ ތެރޭގައި ފޭސްބުކް އަށް ވަންނަން ބޭނުންކުރާ މައުލޫމާތާއި، ޓައިމްލައިންގައިވާ ޕޯސްޓު ތަކާއި، ފްރެންޑް ލިސްޓާއި، ޔޫޒަރުން ބައިވެރިވެފައިވާ ގްރޫޕްތަކާއި، މެސެންޖަރގެ މުއާމަލާތްތައް ކޮށްފައިވާ ފަރާތްތަކުގެ ނަމާއި، އަދި މެސެންޖަރ މެދުވެރިކޮށް ކުރެވިފައިވާ ބައެއް މައުލޫމާތު ވެސް ވަނީ ނަގާފައެވެ. މަައުލޫމާތު ނަގާފަިއވާ 30 މިލިއަން އެކައުންޓު ތަކުގެ ދެބައިކުޅަ އެއްބައި މީހުންގެ ނަމާއި، ފޯން ނަންބަރާއި އީމޭލް އެޑްރެސް ވެސް ނަގާފައިވާ ކަމަށް ފޭސްބުކް އިން ހާމަ ކުރެއެވެ.

14 މިލިއަން މީހުންގެ "ޔޫޒަރ ނޭމް، ޖިންސު، ލެންގުއޭޖް، ރިލޭޝަންޝިޕް ސްޓޭޓަސް، ރިލިޖަން، ގައުމު، ދިރިއުޅޭ ކަމށޤ ރިޕޯޓުކޮށްފއަިވާ ގައުމު، އުފަން ދުވަސް، ފޭސްބުކް އަށް ވަންނަން ބޭނުންކުރާ ޑިވައިސް، ތައުލީމީ ފެންވަރު، ކުރާ މަސައްކަތް، އެންމެ ފަހުން ޗެކްއިން ކޮށްފައިވާ ނުވަތަ ޓެގްކޮށްފައިވާ 10 ތަނުގެ މައުލޫމާތު، ވެބްސައިޓް، ފޮލޯ ކުރާ މީހުން ނުވަތަ ޕޭޖް، އަދި އެންމެ ފަހުން ފޭސްބުކްއިން ކޮށްފައިވާ 15 ސާރޗް' ފަދަ މައުލޫމާތު ހެކަރުން ވަނީ ނަގާފައެވެ.

ހެކަރުން އެޓޭކް ކުރި 30 މިލިއަން އެކައުންޓުގެ ތެރެއިން އެއްވެސް މައުލޫމާތެއް ނަގާފައިނުވަނީ 1 މިލިއަން އެކައުންޓުން ކަމަށް ވެސް ފޭސްބުކް އިން ބުނެއެވެ.

30 މިލިއަން އެކަންޓުން މައުލޫމާތު ނަގާފައިވަނީ އެޓޭކަރުން ކޮންޓްރޯލް ކުރަމުން ދިޔަ މަދު އެކައުންޓުގެ ފްރެންޑްލިސްޓްގައި ހިމެނޭ މީހުންގެ އެކައުންޓްތަކަށް ވަދެ އެ އެކައުންޓްތަކުގެ ފްރެންޑިލިސްޓުތައް ބަލައި އެމީހުންގެ ފްރެންޑްލިސްޓު ތަކުން ފުޅާކުރަމުން ގޮސް އޮޓޮމޭޓެޑް ސްކްރިޕްޓެއް ބޭނުންކޮށްގެންނެވެ، އިންސްޓެގްރާމް އާއި ވަޓްސްއެޕް އަކީ ވެސް ފޭސްބުކް އިން ގަނެފައިވާ އެޕް ތަކެކެވެ. ފޭސްބުކް އިން ނަގާފައިވާ މައުލޫމާތު ބޭނުންކޮށްގެން މިއެޕްތަކަށް ވަދެފައިނުވާ ކަމުގެ ޔަގީންކަން ފޭސްބުކް އިން ދީފައިވެއެވެ.   

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.