'ދަޅަކް' ފެށުމުގެ ކުރީން ސްރީ ދޭވީ އަށް ޖާންވީ ގެ ތަހިއްޔާއެއް

ސްރީ ދޭވީގެ ދަރިފުޅު ޖާންވީ ކަޕޫރް ގެ ފުރަތަމަ ފިލްމު 'ދަޅަކް' މާދަމާ ރިލީޒް ކުރާނެއެވެ. ޖާންވީ ކަޕޫރް އާއި ފިލްމުގެ ފިރިހެން ލީޑް ކުޅޭ ތަރި، ޝާހިދު ކަޕޫރްގެ ކޮއްކޮ، އިޝާން ޚައްޓަރު ފިލްމު ޕރޮމޯޓް ކުރމުގެ މަސައްކަތް ކުރާތާ މަހެއްހައި ދުވަސްވީ އެވެ. ފިލްމު ރިލީޒް ކުރަނީ މާދަމާ އެވެ. އިޝާން ވަނީ މީގެ ކުރީން ފިލްމެއްގައި މަސައކަތް ކޮށްފައެވެ. އެހެން ނަމަވެސް 'ދަޅަކް' އަކީ ޖާންވީ ގެ ފުރަތަމ ަފިލްމެވެ. ފިލްމު ރިލީޡް ކުރާ ރަސްމިއްޔާތުގެ ބޭނުން ޚާއްޞަގޮތަކަށް ހިފުމަށް އޭނާ ހުރި ތައްޔާރަށެވެ.

މިއަހަރުގެ ފެބްރުއަރީ މަހު ސްރީ ދެވީ ވަނީ މަރުވެފައެވެ. އެހެންކަމުން ޖާޏްވީގެ ފުރަތަމަ ފިލްމު އޭނާ ބޭނުންވަނީ އޭނާގެ މަންމަ އަށް ޚާއްޞަ ކުރުމަށެވެ. ބޮލީވުޑް ރިޕޯޓުތައް ބުނާ ގޮތުން ފިލްމު ފެށުމުގެ ކުރީން ސްރީ ދޭވީ އަށް ޚާއްޞަކޮށް ޖާންވީ ލިޔެފައިވާ ތަހިއްޔާ (ޓްރިބިއުޓް)އެއް ދައްކާލާނެއެވެ. މި ތަހިއްޔާ މިހާރުވަނީ ފިލްމުގައި ހިމަނާފައެވެ. އަދި ނޯތާ އެކު ސްރީ ދޭވީ އާއި ޖާންވީގެ ފޮޓޯ އެއް އެޓޭޗްކޮށްފައިވާ ކަމަށްވެސް ވެސް ބޮލީވުޑް ޚަބަރުތައް ބުނެއެވެ. ޖާންވީގެ ތަހިއްޔާގައި ލިޔެފައިވަނީ ކޮން ވާހަކަތަކެއް ކަމެއް އަދި ނޭނގެއެވެ.

'ދަޅަކް' އަކި މަރާތީ ހިޓް ފިލްމެއް ކަމަށްވާ 'ސައިރާތު' ގެ ރީމޭކެކެވެ. ފިލްމުގެ ޑައިރެކްޓަރަކީ ޝަޝާންކް ޚައިތާން އެވެ. މިއީ އިޝާންގެ ފުރަތަމަ ހިންދީ ފިލްމެވެ. އޭނާ މީގެ ކުރީން ކުޅުނީ އީރާނުގެ ފިލްމު ޕްރޮޑިއުސަރު މާޖިދް މަޖީދީގެ 'ބިޔޯންޑް ދަ ކްލައުޑްސް' އެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.