ބްރިޖު ވެގެންދާނީ އިގްތިސާދީ ބޮޑު ފާލަމަކަށް: ޑރ. މުއިއްޒު

މާލެއާއި ހުޅުލެއާ ދެމެދު އަޅަމުންދާ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު" ވެގެންދާނީ ރާއްޖޭގެ އިގްތިސާދަށް ހުޅުވިގެންދާ ބޮޑު ފާލަމަކަށް ކަމަށް މިނިސްޓަރ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ވިދާޅުވީ ބްރިޖުގެ މަސައްކަތް ޝެޑިއުލަށްވުރެ އެއްމަސް ކުރިން އެތަން ނިމި އަންނަ އޯގަސްޓްމަހު ހުޅުވޭނެ ކަމަށެވެ. އެހިސާބަށްދާއިރު އެތަންވެގެންދާނީ ރާއްޖޭގެ ތަރައްގީގެ ވަރަށްމުހިންމު ތަނެއްގެ ގޮތުގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ބްރިޖު މަޝްރޫއު ވެގެންދާނީ ރާއްޖޭގެ ތަރައްގީއަށްޓަކައި އަދި ޚާއްސަކޮށް އެސަރަހައްދުގައި ދިރިއުޅެމުންދާ މީހުންނަށް ބޮޑު ލުޔެއް ލިބި އިގްތިސާދީގޮތުން ހުޅުވިގެންދާ ބޮޑުފާލަމަކަށް،" މިނިސްޓަރ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ބްރިޖު ހުޅުވެންވާއިރަށް ބުރިޖަށް ދަތުރުކުރުމަށް ހަދަމުންދާ މަގުތައް ވެސް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. "ބްރިޖް ނިމެންވާއިރަށް މާލޭގައި ވަރަށްގިނަ މަސައްކަތްތަކެއް އެބަހިނގާ، ބްރިޖު ތޮއްޖެހުމަށް ޓްރެފިކްގެ ތޮއްޖެހުމަށް އަންނާނެ އިތުރު ތޮއްޖެހުމަށް ލުޔެއް ގެނައުމަށްޓަކައި ބޭރުގެ މަގުހެދުމުގެ މަސައްކަތް ކުރިއަށް އެބަދޭ. އެ މަސައްކަތް އިރާދަ ކުރެއްވިއްޔާ ބްރިޖު ނިމުމުގެ ކުރިން ނިންމާނަން،" މިނިސްޓަރ ވިދާޅުވިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.