އީރާނަށް ޖާސޫސުކޮށްދިނުމުގެ ކުށުގައި އިސްރާއީލުގެ ކުރީގެ ވަޒީރެއްގެ މައްޗަށް ދައުވާ އުފުލައިފި

އިސްރާެއީލުގެ ކުރީގެ ވަޒީރު ގޯނީން ސޭގޭފް

އީރާނަށް ޖާސޫސީ މައުލޫމާތު ފޯރުކޮށްދިން ކަމުގެ ތުހުތުމަތުގައި އިސްރާއީލުގެ ކުރީގެ ވަޒީރަކު ހައްޔަރުކޮށް، އޭނާގެ މައްޗަށް ދައުވާ އުފުލާފައިވާ ކަމުގައި އިސްރާއީލު ދާޚިލީ ސަލާމަތާ ބެހޭ އިދާރާ ޝިން ބެތު (ޝާބާކް) އާއި އެގައުމުގެ ފުލުުހުން ބުނެފިއެވެ.

ހައްޔަރުކުރި މީހަކީ ހަކަތައާ ބެހޭ ކުރީގެ ވަޒީރު ގޯނީން ސޭގޭފް އެވެ. އޭނާ އަކީ މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ އެކްސްޓެސީ އިސްރާއީލަށް ވަގަށް އެތެެރެކުރަން އުޅުނުކަމަށްވެސް ކުރިން އެއްބަސްވެފައިވާ މީހެކެވެ.

އިއްޔެ ޝިން ބެތުން ހާމަކުރި ގޮތުގައި ހުކުރު ދުވަހު އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ "ހަނގުރާމައިގެ ހާލަތުގައި ވަނިކޮށް ދުޝްމަނުންނަށް މައުލޫމާތު ފޯރުކޮށްެދިނުމާއި، އިސްރާއީލުގެ ދައުލަތާއި ދެކޮޅަށް ޖާސޫސުކުރުމުގެ ކުށުގައެވެ."

"ޝިން ބެތާއި ފުލުހުން ކުރި ތަހުގީގަކަށް ފެނުނު ގޮތުގައި ސޭގޭފްގެ ޚިދުމަތް ހޯދާފައި ވަނީ އީރާނުގެ ޖާސޫސީ އިދާރާއިންނެވެ. އަދި އޭނާ މަސަައްކަތްކޮށްފައި ވަނީ އެ އިދާރާގެ އެޖެންޓެއްގެ ގޮތުގައެވެ." ޝިން ބެތުގެ ބަޔާނުގައި ވެއެވެ.

ފުލުންގެ ބަޔާނުގައި ވާގޮތުން އޭނާ ހައްޔަރު ކުރީ އޭނާގެ ކުށުގެ ރިކޯޑުގެ ސަބަބުުން ހުޅަނގު އެފްރިކާގެ ގައުމެއް ކަމުގައިވާ އިކުއެޓޯރިއަލް ގިނީއަށް އޭނާ އެތެރެވިޔަ ނުދިނުމުން ގައުމަށް އެނބުރި އައިތަނާ ފާއިތުވި މަހުގެ ތެރޭގައެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ ކުރިން ދިރިއުޅެމުން ދިޔައީ ނައިޖީރިޔާގައެވެ. އަދި ޝިން ބެތުން ބުނާ ގޮތުގައި ނައިޖީރިޔާގައި ހުންނަ އިރާނުގެ އެންބަސީއާއި އޭނާއާ ގުޅުން އޮތެވެ. އަދި އީރާނަށް ޒިޔާރަތްކޮށް، އީރާނުގެ ޖަސޫސީ އިދާރާގެ ވެރިންނާ އޭނާ ބައްދަލުކޮށްފައި ވެއެވެ.

"ސޭގޭވް އެބަޔަކަށް މަަސައްކަތްކޮށްދިން މީހުންނަށް އޭނާ ވަނީ ހަކަތައިގެ ވިޔަފާރިއާއި، އިސްރާއީލުގެ ސަލާމަތާ ބެހޭ މަރުކަޒުތަކާއި، އެތަންތަނުގެ އިމާރާތްތަކުގެ ތަފްސީލާއި، އެެތަންތަނުގައި އިސްކޮޮށް ހަރަކާތްތެރިވާ ސިޔާސީ އަދި ސަލާމަތީ އިސްމ މީހުންގެ މައުލޫމާތު ދީފައެވެ.

ސޭގޭފް ވަނީ 1990 ގެ އަހަރުތަކުގެ ތެރޭގައި އޭރުގެ ލޭބަރ ބޮޑުވަޒީރު ޔިޓްޒަގް ރާބީންގެ ސަރުކާރުގައި ވަޒީރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.

2004 ވަަނަ އަހަރު ޑިޕްލޮޕެމެޓިމް ޕާސްޕޯޓެއް ބޭނުންކޮަށްގެން 3000 ގުޅަ އެކްސްޓަސީ ނެދަރލޭޑްސް އިން އިސްރާއީލަށް އެތެރެކުރަން އުޅުނު ކަމުގެ ދައުވާ އޭނާގެ މައްޗަށް ކުރެވުނެެވެ. ނަމަވެސް އަމިއްލައަށް ކުށަށް އިއުތިރާފުވެ މާފަށް އެދުމުން އޭނާ ވަނީ ދޫކޮށްލާފައެެވެ.   

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.