ވޯލްޑްކަޕްގައި ޕެނަމާ ކުޅުނު ފުރަތަމަ މެޗުން 3 ލަނޑު 0 ލަނޑުން ބަލިވެއްޖެ

ވޯލްޑްކަޕް 2018 ގައި ހޯމަ ދުވަހުގެ ރޭ ބެލްޖިއަމާއި ޕެނަމާ ކުޅުނު މެޗު 3 ލަނޑު 0 ލަނޑުން ބެލްޖިއަމް ކާމިޔާބު ކޮށްފިއެވެ.

މެޗު ފެށުނީއްސުރެ މެޗު ކޮންޓްރޯލު ކޮށްގެން ކުޅެމުން ދިޔައީ ބެލްޖިއަމުންނެވެ. ފުރަތަމަ ހާފުގެ ކުޅުމުގައި ޕެނަމާއަށް މުޅިން ކަހަލަ ގޮތަކަށް ކުރަން ޖެހުނު ކަމަކީ ދިފާޢު ކުރުމެވެ. ޕެނަމާގެ ހެޒާޑާއި ލުކާކާގެ ހަމަލާތައް މައިތިރި ކުރެވޭތޯ މަސައްކަތް ކުރުމެވެ. ފުރަތަމަ ހާފު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ޕެނަމާއަށް ޕްރެޝަރު ކުރިމަތި ވަމުން ދިޔަ ނަމަވެސް ބެލްޖިއަމްވެސް ކުޅުނީ އެމީހުން ނުވަތަ ސަޕޯޓަރުން އުއްމީދު ކުރި ކަހަލަ ކުޅުމެއް ނޫނެވެ. ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބީވެސް އަދި ތަޖުރިބާކާރުން ލަފާ ކުރީވެސް ބެލްޖިއަމް އާދަޔާ ޚިލާފަށް މޮޅަށް ކުޅޭނޭ ކަމަށެވެ. އެއީ އެ ޓީމުގައި މޮޅު ކުޅުންތެރިން ގިނަވުމާވެސް އެކުގައެވެ. ދިފާޢު ކުރަން ޖެހިފައި އޮތް ނަމަވެސް ބެލްޖިއަމަށް ލަނޑެއް ޖެހިޔަނުދީ 45 މިނިޓު ކުޅެވުމަކީ ޕެނަމާއަށް ބަލާއިރު ކުޑަ ކަމެއް ނޫނެވެ.

ދެވަނަ ހާފު ފެށުމާއެކު ކަހަލަ ގޮތަކަށް ބެލްޖިއަމުން ލަނޑެއް ޖެހިއެވެ. 2 ވަނަ މިނިޓުގައި މި ލަނޑު ޖެހީ މާޓެންސް އެވެ. ދެވަނަ ލަނޑު ޖެހީ 69 ވަނަ މިނިޓުގައި ލުކާކޫއެވެ. މިއީ ވަރަށް ރީތި ހުރަހަކުން ލުކާކޫ ބޮލުން ޖެހި ލަނޑެކެވެ. ތިންވަނަ ލަނޑުވެސް ޖެހީ އޭނާއެވެ. އެއީ 75 ވަނަ މިނިޓުގައެވެ. މި ހާފުގައިވެސް ޕެނަމާއަކަށް އެކަށީގެންވާ ރަނގަޅު ކުޅުމެއް ނުކުޅެވެއެވެ. އެކަމަކު މެޗު ނިމެމުން ދަނިކޮށް ލަނޑެއް ޖަހާނޭ  ފަޅި ފުރުސަތެއް ލިބުނެވެ.

މިރޭ 11 ޖަހާއިރު އޮންނާނީ ޓިއުނީސިއާއާއި އިނގިރޭސިވިލާތް ބައްދަލު ކުރާ މެޗެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.