ކަރަން ޖޯހަރްގެ ފަރާތުން ބައްޕައިންގެ ދުވަހުގެ ތަހުނިޔާ ތަފާތު ގޮތަކަށް

މިއަދަކީ ދުނިޔޭގެ ބައްޕައިންގެ ދުވަހެވެ. ދުވަހާއި ގުޅުވައިގެން ބައްޕައިންނަށް ޚައްޞަކޮށްފައިވާ މެސެޖުތަކުން މީސްމީޑިއާ ފުރި ބަންޑުން ވަނީ އެވެ. އެކި ދާޢިރާތަކުގައި މަސައްކަތް ކުރާ އެކު އުމުރު ފުރައިގެ މީހުން ޕޯސްޓުތައް ޝެއަރ ކޮށްފައިވެއެވެ. އޭގެތެރެއިންވެސް ބޮލީވުޑްގެ މަޝްހޫރު ޕްރޮޑިއުސަރ، ޑައިރެކްޓަރ ކަރަން ޖޯހަރްގެ މެސެޖު ފާޙަގަކޮށްލެވެއެވެ. ކަރަން ގެ ފުރަތަމ މެސެޖު ޚާއްޞަކޮށްފައިވަނީ އޭނާގެ ބައްޕައަށެވެ. އޭނާގެ ދެވަނަ ޕޯސްޓު ޚާއްޞަކޮށްފައިވަނީ އޭނާ އަށެވެ. އެ ޕޯސްޓުގައި އޭނާ ވަނީ އޭނާގެ ދެ ދަރީން ކަމުގައިވާ ރޫހީ ޖޯހަރް އާއި ޔާޝް ޖޯހަރްގެ ވީޑިއޯ އެއް ޝެއަރ ކޮށްފައެވެ.

ރޫހީ އާއި ޔާޝް ލިބިފައިވަނީ އަކީ ސަރޮގޭޓް މަންމަ އެއް މެދުވެރިކޮށެވެ.  

ޝާހް ރުކް ޚާން ވަނީ އޭނާގެ ހަގު ދަރިފުޅު އަބްރަހަމްގެ ކާޑެއް އޭނާގެ ފޭނުންނާ ހިއްސާކޮށްފައެވެ.

'ސަންޖޫ' ގެ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ވަނީ ދުވަަހުގެ މުނާސަބަތުގައި 'ސަންޖޫ' ގެ އާ ޕޯސްޓަރެއް ޓްވީޓު ކޮށްފައެވެ. އެ ފޮތޯ އިން ފެންނަނީ ސުނިލް ދަތުއާއި (ޕަރޭޝް ރަވާލް) އާއި ސަންޖޭދަތު (ރަންބީރު ކަޕޫރް) އެވެ.

 

މަޝްހޫރު ފެޝަނިސްޓާ، މޮޑެލް އަދި ފިލްމީ ތަރި ސޯނަމް ކަޕޫރްވެސް ވަނީ އޭނާގެ ބައްޕަ ސުޕަރސްޓަރ އަނިލް ކަޕޫރަށް ޚާއްޞަކޮށްގެން ޓްވީޓެއް ކޮށްފައެވެ.   

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.