ބްރެޒީލްގެ ފުރަތަމަ މެޗުގައި ކެޕްޓަންކަން ކުރާނީ މާސެލޯ

ވޯލްޑްކަޕް 2018 ގައި އާދީއްތަ ދުވަހު ބްރެޒީލް ކުޅޭ ފުރަތަމަ މެޗުގައި ކެޕްޓަންކަން ކުރާނީ މާސެލޯއެވެ. ބްރެޒީލްގެ ކެޕްޓަންކަން މުޅި މުބާރާތުގައި ކުރާނީ އެކަކުތޯ ނުވަތަ ދައުރުވާ ގޮތަށް އެކު ކުޅުންތެރިންތޯ ނޭނގިގެން މީޑިއާގައި ސުވާލު ކުރެވޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. މި މައްސަލަގަނޑުގެ ތެރޭގައި ވީ ފޫއްސެއްގެ ބޮޑުކަމުން ނޭމާ ވަނީ ކެޕްޓަންކަން ދޫކޮށްލައިފައެވެ.

މިހާރު ލިބޭ ޚަބަރުތަކަށް ބަލާއިރު ބްރެޒީލްގެ ކޯޗު ޓީޓޭ ގަސްތު ކޮށްފައި ވަނީ ދައުރުވާ ގޮތަށް އެކި މެޗުގެ ކެޕްޓަންކަން އެކި ކުޅުންތެރިންނާ ހަވާލު ކުރާށެވެ. ބްރެޒީލް މިގހައި ތަނަށް ކުޅެފައިވާ މެޗުތަކުގައިވެސް ކެޕްޓަންކަން ކޮށްފައި ވަނީ އެއް ކުޅުންތެރިއެއް ނޫނެވެ. 2014 ވަނަ އަހަރުގެ ވޯލްޑްކަޕްގައި އޭރުގެ ކޯޗު ޑުންގާ ވަނީ ތިއާގޯ ސިލްވާ ކެޕްޓަންކަމުން ވަކި ކޮށްފައެވެ. އެއީ ޗިލީއާ ދެކޮޅަށް ކުޅުނު މެޗުގައި ޕެނަލްޓީ ޖަހަން ޖެހުނު ވަގުތު މާބޮޑަށް ހައްސާސްވީ ކަމަށް ބަލާފައެވެ. ޑުންގާ ބުނާ ގޮތުގައި ކެޕްޓަނަކަށް ހުންނާން ވާނީ ހަމަޖެހޭ، ބުއްދި ކުރަން ދަންނަ މީހެކެވެ.

މިހާރު ބެލެވިފައިވާ ގޮތުގައި ކެޕްޓަންކަން ދައުރު ކުރަމުން ގޮސް، ބްރެޒީލް ފައިނަލަށް ހިނގައްޖެ ނަމަ ކެޕްޓަންކަން ހަވާލު ކުރާނީ ނޭމާރ އާއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.