ޕްރިޔަންކާ ޗޯޕްރާގެ ފެޝަން ސިއްރުތައް

ކުއަންޓިކޯގެ ތަރި ޕްރިޔަންކާ ޗޯޕްރާއަކީ ރީތީގެ ރާނީ އެކެވެ. ނަމަވެސް އޭނާގެ ފަރިކޮށްދެނީ ތަޖުރިބާކާރު ސްޓައިލިސްޓުުންނެވެ. ހާޕާރޒް ބާޒާރް ޑޮޓް ކޮމް އަށް އޭނާ މިވަނީ އޭނާގެ ފެޝަން ސިއްރުތައް ކިޔާދީފައެވެ. "އަހަރެންގެ ފޮޓޯތައް ކޮންމެ ދުވަހަކު ނަގާ. އަހަރެން ދުވާލަކު ފަސް ފަހަރަށް ހެދުން ބަދަލު ކުރަން" ހާޕާޒް ބާޒާރަށް ދިން އިންޓަވިއުގައި ޕްރިޔަންކާ ބުންޏެވެ. އޭނާގެ އާއްމު ފެނިލުންތަކަށް އޭނާ ސްޓައިލް ކޮށްދެނީ މިމީ ކަޓްރެލް އެވެ. މިމީ ކަޓްރެލް އަކީ މޮޑެލް ކުރާ މަޝްހޫރު ދެބައިން ކަމަށްވާ ޖީޖީ ހަދީދް އާއި ބެެއްލާ ހަދީދް ވެސް ފަރިކޮށްދޭ ސްތައިލިސްޓެވެ. ރެޑް ކާޕެތް އިވެންޓްތަކަށް ޕްރިޔަންކާ ފަރިކޮށްދެނީ ކްރިސްޓީނާ އަލްރިޗް އެވެ.

"ފުރާވަރު އުމުރގައި އަހަރެން އުޅުނީ ގަޔަށް ބާރު ޖީންސާއި ޕަފީ ޖެކެތު ލައިގެން އިސްތަށިގަނޑު އައްސައިގެން. އެއީ 90 ގެ އަހަރުތަކުގެ ތެރޭގައި. 200ވަނަ އަހަރު ފިލްމު ކުޅެން ފެށުމާ އެކު އަހަރެން ހުރިހާ ވައްތަރެއއްގެ ހެދުން ލާން ފެށީން. އަދި ގަހަނާ އަޅައި، މޭކަޕް ވެސް ކުރީމު. އެދުވަސްވަރު އަހަރެން ކްރިސްޓްމަސް ޓްރީ އަކާ ވައްތަރުވާ ކަމުގެ އިހުސާސް ކުރެވުނު. އެހިސާބުން އަހަރެން ވަރަށް އާދައިގެ ގޮތަކަށް ހެދުން އަޅަން ފެށީމު" ޕްރިޔަންކާގެ ވީޑިއޯގައި ބުނެފައިވެއެވެ.

200 ގެ އަހަރުތަކުގައި މާބޮޑަށް ނަލަވާން މަސައްކަތ ކުރެވުނު ނަމަވެސް މިހާރު މެދުމިނުގައި ހިފަހައްޓާން އޭނާއަށް ދަސްވެއްޖެއެވެ. ކަޓްރެލް ކަހަލަ މޮޅު ސްޓައިލިސްޓެއް އޭނާ ބޭނުންވަނީ އެެހެންވެގެންނެވެ.

ޕްރިޔަންކާ ބުނި ގޮތުގައި އެހާ ބިޒީކޮށް އުޅޭ އިރު ވަރުބަލި ކަމެއް ނެތި ތާޒާކޮށް ހުންނަނީ ކިހިނެއްތޯ މީހުން އޭނާއާ ސުވާޅު ކުރެއެވެ. އޭނާގެ ޖަވާބަކީ ކުރާ ކޮންމެ މަސައްކަތެއްވެސް ގަޔާ ވެގެން ކުރުމެވެ. މިހާރު ފަރިވެނަލަވުމަށް އޭނާ އަށް އެންމެ މުހިއްމީ ރަނގަޅު ރީތި ބޫޓާއި ހެދުމެކެވެ. އަދި އެ ހެދުންތަކާ ގުޅޭ އަތްދަބަހާއި އަިއނު ފަދަ ތަކެއްޗެވެ.

ޕްރިޔަންކާގެ ތައާރަފްގައި އޭނާ ބުނާގޮތުން އޭނާ ވަނީ ރީތީގެ މުބާރާތްތަކުގައި ބައިވެރިވެފައެވެ. ފަންސާސް ފިލްމު ކުޅެފައެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.