އާފަތިސް ރޯދަ ބަދިގެ: ޗިކެން ބެލޮޓީން

ބޭނުންވާނެ ތަކެތި:

ސައިސަމުސަލެއްގެ އޮލިވް އޮއިލް

20 ގުރާމް ބަޓަރު

3 ލޮނުމެދު، ކުދިކޮށް ކޮށާފައި

1 ފިޔާ، ކުދިކޮށް ކޮށާފައި

މޭޒުމަތީ ސަމުސަލެއްގެ އޮލިވް

ބައި ސައިސަމުސާ ޕެޕްރިކާ

1 ކިލޯ ކުކުޅު

ބައި ޖޯޑު ބްރެޑް ކްރަމްބްސް (ބިސްކޯދު ކުނޑި)

ސައިސަމުސަލެއްގެ ތައިމް ފަތް

2 ސައިސަމުސާ ޕާސްލީ ފަތް

ލޮނު އަދި އަސޭމިރުސް، ރަހަލާވަރަށް

ތައްޔާރުކުރާނެ ގޮތް:

180 ޑިގްރީ ސެލްސިއަސް އަށް އަވަން ހޫނު ކުރާށެވެ.

އުނދުން މައްޗަށް ތަވައެއް އުދައި ހޫނުމިން މެދުމިނުގައި ބަހައްޓައިގެން އޮލިވް އޮއިލް އާއި ބަޓަރު ހޫނު ކުރާށެވެ. ބަޓަރު ރަނގަޅަށް ވިރި ކެކެން ފެށުމުން އޭގެ ތެރެއަށް ލޮނުމެދާއި ފިޔާ އަޅައި ދެ މިނިޓެއްވަރު ކައްކާށެވެ. ދެން އޮލިވް އަަޅައި ދެ މިނިޓަށް ކައްކައި ޕެޕްރިކާ އެޅުމަށްފަހު އިތުރު މިނިޓެއް ވަރު ކައްކާށެވެ.

ޗޮޕިންގ ބޯޑެއްގެ މަތީގައި ކުކުޅު ބޭއްވުމަށްފަހު ކުކުޅުގެ ތެރެއަށް ތަވައިގައި ހުރި އެއްޗެހި އަޅާށެވެ. އަދި ވަށްކޮށް ދިގަށް އޮންނަ ގޮތަށް ރޯލް ކުރުމަށްފަހު ތިން ސެންޓިމީޓަރު ތިން ސެންޓިމީޓަރު ދުރުމިނުގައި ކިޗެން ސްޓްރިންގް ބޭނުންކޮށްގެން އައްސާށެވެ. ދެން ރޯސްޓުކުރަން ތަވައެއްގެ ތެރޭގައި ކުކުޅު ބޭއްވުމަށް ފަހު  ކުކުޅުގެ ބޭރުގައި އޮލިވް އޮއިލް އާއި ލޮނާއި އަސޭމިރުސް ހޭކުމަށްފަހު އަވަނުގައި 1 ގަޑިއިރުވަންދެން ކައްކާށެވެ.

ހިހޫ ކުރަން ދިހަ ވަރަކަށް މިނިޓް ބެހެއްޓުމަށްފަހު ކާން ނަގާށެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.