ގެއްލުނު ކުދިންގެ ތެރެއިން އެއްކުއްޖެގެ ޓީޝާޓު ފެނިއްޖެ

މޫދަށްއެރި އުޅެނިކޮށް ހިތަދޫއިން ގެއްލުނު ދެކުދިންގެ ތެރެއިން އެކެއްގެ ޓީޝާޓު ކަމަށް ބެލެވޭ ޓީޝާޓެއް ރޭ ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެޓީޝާޓު ފެނިފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. އެއާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެމްއެންޑީއެފުން ވިދާޅުވީ އެ ދެކުދިން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށްވަނީ އެކުދިން ގެއްލުނު ސަރަހައްދުގެ 3 ނޯޓިކަލް މޭލު ބަލައިފައި ކަމަށެވެ.

ވައިގެ މަގުންނާއި ކަނޑުމަގުން މިހާރުވެސް ގެންދަނީ އެކުދިން ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. ކުދިން ހޯދުމުގެ މަސައްކަތް ރޭވެސް ސިފައިންވަނީ ނައިޓްވިޝަން ކެމެރޭ ބޭނުންކޮށްގެން ކުރިއަށް ގެންގޮސްފައެވެ.

މޫދަށް އެރި އުޅެނިކޮށް އެކުދިން ގެއްލިގެން ހޯދަން ފަށައިފައިވަނީ އިއްޔެ މެންދުރުއެވެ. މިހާދިސާގައި މޫދަށް އެރުނީ ތިން ކުދިންނެވެ. އޭގެ ތެރެއިން އެއްކުއްޖަކު ވަނީ ސަލާމްކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.