ދަސިޓީ އެފަރޓްސް އެވޯޑަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވައިލައިފި

މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "ދަސިޓީ އެފަރޓްސް އެވޯޑް" އަށް ސީއެމްޑީއޭ އިން ހުޅުވައިފިއެވެ.

މިއީ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖު (އެމްއެސްއީ) ކޯޕަރޭޓް މޯލްޑިވްސްއާ ގުޅިގެން މިއަހަރު ފެބުރުއަރީގައި ތައާރަފް ކޮށްފައިވާ އެވޯޑެކެވެ. މި އެވޯޑަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާފައިވަނީ އިއްޔެއެވެ.

މިއީ ކުންފުނިތަކުގެ މެދުގައި ކޯޕަރޭޓް ގަވަނަންސް ޕްރޮމޯޓު ކުރުމާއި، އެ އުސޫލުތަކާ އެއްގޮތަށް ކުންފުނިތަކުގެ ހިންގުން ބައްޓަންކޮށް ހަރުދަނާކުރުމަށް ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތައް ދެނެގަތުމާއި، އެ މަސައްކަތަށް ތަރުހީބު ދިނުމާއި، އަގު ވަޒަން ކުރުމުގެ ގޮތުން ތައާރަފްކުރި އެވޯޑެކެވެ. މި އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ "ގޯލްޑް 100 ގާލާ 2019" ގައި ކަމަށް ސީއެމްޑީއޭ އިން ވިދާޅުވިއެވެ.

"ދަސިޓީ އެފަރޓްސް އެވޯޑު 2019" ދިނުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ގޯލްޑް 100 ލިސްޓުގައި ހިމެނޭ ކުންފުނިތަކުގެ ތެރެއިން އެމްއެސްއީގައި ލިސްޓް ކުރެވިފައިވާ ކުންފުނިތަކާއި، ލިސްޓު ނުކުރާ ކުންފުނިތައް ދެ ގިންތިއަކަށް ބަހާލައިގެންނެވެ.

މި އެވޯޑަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ސީއެމްޑީއޭގެ ވެބްސައިޓުން އެޕްލިކޭޝަން ފޯމް ޑައުންލޯޑު ކުރެވޭނެއެވެ. އެޕްލިކޭޝަން އޮކްޓޯބަރު 11 ގެ ކުރިން ހުށަހަޅަންޖެހެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.