ހިތަދޫގައި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

އައްޑޫސިޓީ ހިތަދޫ ލިންކް ރޯޑުން ދުއްވައިފައިދިޔަ ދެ ސައިކަލް ޖެހި އެކްސިޑެންޓެއް ވެއްޖެއެވެ.

އެ އެކްސިޑެންޓުގައި ދެ ސައިކަލުގައި ތިބި ދެމީހުންނަށްވެސް ވަނީ ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިފައެވެ. އެދެމީހުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށްފަހު އެކަކު މިހާރުވަނީ ދޫކޮށްލާފައި ކަމަށް ހޮސްޕިޓަލުން ވިދާޅުވިއެވެ.

އޭނާއަށް މާބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ. ދެވަނަ މީހާވެސް ސީރިއަސް ނޫންކަމަށް ހޮސްޕިޓަލުގެ ޑިރެކްޓަރ ޝާހު ސައީދު ވިދާޅުވިއެވެ. "އެމީހާގެ ކަނދުރާއަށް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ވަނީ ލިބިފައި. އެހެންވެ އޭނާ މިވަގުތުވަނީ އޮބްޒަވޭޝަނުގައި ބާއްވާފައި. ހާލު ސީރިއަސްއެއްނޫން. ވަރަށް އަވަހަށް ދޫކޮށްލާނެ،" ޝާހު ވިދާޅުވިއެވެ.

މި އެކްސިޑެންޓް ހިނގީ ހިތަދޫގައި ހުންނަ ގައުމީ ޔުނިވަރސިޓީ ކެންޕަހުގެ ދަނާލް ކައިރީގައެވެ.

ފުލުހުން މިހާރު ގެންދަނީ މި މައްސަލަ ބަލަމުންނެވެ. މި އެކްސިޑެންޓު ހިނގަފައިވަނީ މިއަދު މެންދުރެއްހާ އިރުއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.