ރައީސް ޔާމީން ބަލިކުރަން ބޭނުންވަނީ އިންތިޚާބުގެ ކުރިން: އެމްޑީޕީ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކުރިން ރައީސް ޔާމީން ބަލި ކުރައްވަން ބޭނުންވާ ކަމަށް އެންޑީޕީން ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޒު ހަސަން ލަތީފް ވިދާޅުވީ އެކަން ކުރައްވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ. އެ އިމުގެ ތެރެއިން އެކަން ކުރައްވަން ފުރުސަތުވެސް ލިބިވަޑައިގަންނަވާނެ ކަމަށް ހަސަން ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބަލި ކުރެއްވުމަށް ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމާބެހޭ ގޮތުން ސުވާލު ދެންނެވުމުން އެމްޑީޕީގެ ޗެއާޕާސަން އަލްއުސްތާޒު ހަސަން ލަތީފް ވިދާޅުވީ "ރައީސް ޔާމީން ބަލިކުރަން ބޭނުމީ އިންތިޚާބުގެ ކުރިން، ގާނޫނުގެ ތެރެއިން،" ކަމަށެވެ. "އިރާދަ ކުރެއްވިއްޔާ މަޖިލިސް ތެރެއިން އެފުރުސަތު ލިބޭނެ،" އޭނާ ވިދާޅުވިއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް މިހާރުވެސް ދަނީ ކުރިއަށެވެ. އެހެންނަމަވެސް އަދާ ހަމައަށް އަދި ކެންޑިޑޭޓަކު ދެއްކޭ ގޮތެއް ނުވެއެވެ.

ރިޔާސި އިންތިޚާބުގެ ކުރިން ދެންއޮތީ ފަސް ވަރަކަށް މަހެވެ. އެ މުއްދަތުގައި ކެންޑިޑޭޓަކު ކަނޑައެޅުމަށްފަހު އެ ކެންޑިޑޭޓަކު ރައްޔިތުންނަށް ތައާރަފް ކޮށްދީ ރައްޔިތުންގެ އިތުބާރުވެސް ހޯދަން ޖެހޭނެއެވެ.

ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާއިރު އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް މިހާތަނަށް ކަށަވަރުވެފައިވަނީ ހަމައެކަނި ރައީސް ޔާމީނެވެ. މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭ ކަމަށް އެންމެ ފުރަތަމަ އިއުލާން ކުރެއްވީ އުމަރު ނަސީރެވެ. އެހެންނަމަވެސް އޭނާ މިހާރުވަނޫ ކުރިމަތި ނުލައްވަން ނިންމަވައިފައި ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

ގުޅިފައިވާ ޕާޓީތަކުން މިހާރުވެސް ވިދާޅުވަމުން ގެންދަވަނީ ކެންޑިޑޭޓެއް ނެރޭނެ ކަމަށެވެ. އެހެންނަމަވެސް ސަރުކާރު ހިންގާ ކޯލިޝަންގެ މައިޕާޓީ ޕީޕީއެމްއިން ވިދާޅުވެފައިވަނީ އެއް ކެންޑީޑޭޓަކު ނެރުމުގެ ވާހަކައަކީ ބިލާހެއް ކަމަށެވެ.

ގުޅިފައިވާ ޕާޓީތަކުގެ ތެރޭގައި ހިމެނޭ ޖުމްހޫރީ ޕާޓީން މިހާރުވަނީ އެޕާޓީގެ މެނިސްފެސްޓޯ ހަދަން ފަށައިފައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ހަމަ އެގޮތަށް އެމްޑީޕީންވެސް އެ މަސައްކަތް ކުރިއަށް ގެންދާ ކަމަށްވެސް ރާއްޖޭގެ ބައެއް ނޫސްތަކުގައި ބުނެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.