އައްޑޫ ސިޓީގައި މިރޭ ހިނގި އެކްސިޑެންޓެއްގައި މީހަކު ސީރިއަސް ހާލަތުގައި

އައްޑޫ ސިޓީ ފޭދޫ ބަނދަރާދިމާއިން ލިންކުރޯޑުގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާވެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) ގައި ފަރުވާ ދޭން ފަށައިފިއެވެ.

މިއެކްސިޑެންޓުގައި އަނިޔާވި ހޯޑެއްދޫ މަނިކުފާން (މަނިކުހާން) އަށް މިހާރު ފަރުވާ ދެމުން ގެންދަނީ އެޗުއާރުއެޗުގެ އައިސީޔޫގައެވެ.

އެޗުއާރުއެޗުން ވިދާޅުވީ އޭނާގެ ހާލު ސީރިއަސް ކަމަށެވެ. އެހެންނަމަވެސް އެކްސްރޭ ނެގުން ފަދަ ކަންކަން މިވަގުތު ކުރަމުންދާތީ އޭނާގެ ހާލަތާ ބެހޭ ގޮތުން ތަފްސީލް މައުލޫމާތެއް ދެވެން ނެތްކަމަށެވެ.

އެކްސިޑެންޓް ހިނގީ ދުއްވާފައި ދިޔަކާރަކުން ބައިސްކަލުގައި ދިޔަ މަނިކުހާންގައިގައި ޖެހިގެންނެވެ. ކާރުން ޖެހުމުން ބައިސަކަލުގައި އިން މަނިކުހާން ވެއްޓި ބައިސްކަލް ކާރުގެ ދަށަށް ވަދެގެން ދިޔަ ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެކްސިޑެންޓުގައި އަނިޔާވެފައިވާ މަނިކުހާނަކީ އުމުރުން ގާތްގަނޑަކަށް 80 އަހަރުގެ މީހެކެވެ.

މިހާދިސާއަށްފަހު މަނިކުހާން ފުރަތަމަ ގެންދިޔައީ ފޭދޫ ސިއްހީ މަރުކަޒަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކާރު ދުއްވަންއިނީ އަންހެނެކެވެ. ހާދިސާއަށްފަހު އޭނާ އަނބުރައިގެން ވެއްޓުމުން އޭނާވެސް ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.